ސިޔާސީ ވާދަވެރިކަމުގައި އިސްލާމިކް މިނިސްޓަރާއި އެމިނިސްޓްރީގެ މުވައްޒަފުން ކާފަރުކުރުމަކީ ބަލައިގަނެވޭނެކަމެއް ނޫން ކަމަށް ޢަދާލަތު ޕާޓީން ބުނެފިއެވެ.

ޢަދާލަތު ޕާޓީން ބުނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރާއި މިނިސްޓްރީގެ މުވައްޒަފުން ކާފަރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

އޭގެ އިތުރުން އެކަމަކީ ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތާއި ކަރާމަތާ އެކަށީގެންވާ ކަމެއްވެސް ނޫންކަމަށް ޢަދާލަތުޕާޓީން ބުނެފައިވެއެވެ. އަދި އެއީ ހައްދުފަހަނައަޅާފައިވާ ޢަމަލެއް ކަމަށްވެސް އެޕާޓީން ބުނެފައިވެއެވެ.

“ކޮންމެ މީހަކު ކުރިޔަސް މުސްލިމުން ކާފަރުކުރުމަކީ ހަރުކަށި ހައްދުފަހަނައަޅާފައިވާ އަމަލެއް.” ޢަދާލަތު ޕާޓީން ބުނެފައިވެއެވެ.

ޢަދާލަތު ޕާޓީން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ދީފައިވާ ޚާއްސަ އިމްތިޔާޒުގެ ނިވަލުގައި ތިބެގެން އެފަދަ ހަރުކަށި ހައްދުފަހަނައަޅާފައިވާ ފިކުރު ފެތުރުމަކީ އެ ޕާޓީން ކުއްވެރިކުރާކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު