ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ރީކޯ މޫސާ މަނިކު
ރައީސް އިބްރާހިމް މުޙައްމަދު ޞާލިހާއި ރީކޯ މޫސާ މަނިކު
ރައީސް އިބްރާހިމް މުހަންމަދު ސޯލިހާއި ފުލުހުންނާއި ސިފައިންނާއި ދެމެދު ހިތްހަމަނުޖެހުން އުފައްދައި ސަރުކާރަށް ޕުރެޝަރު ކުރުމަށް އެމްޑީޕީގެ ލީޑަރ ޝިޕުން މަސައްކަތް ކުރާ ކަމުގެ ތުހުމަތު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް މޫސާ މަނިކު، ރީކޯ މޫސަ ކުރައްވައިފިއެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ސަންގު ޓީވީގަ ވާހަކަ ދައްކަވަމުން ވިދާޅުވީ ބޭރަށް ފާޅުކުރަން ބޭނުން ނުވިއަސް ރައީސް އިބްރާހިމް މުހަންމަދު ސޯލިހް ވެރިކަމުގައި ހުންނެވުމަކީ ރައީސް ނަޝީދު މާހިތްޕުޅާވާ ކަމެއް ނޫން ކަމަށެވެ. ރައީސް ސޯލިހް ވެރިކަމުގައި ހުންނެވި ނަމަވެސް ވެރިކަންކުރައްވާނީ ތިމަންމަނިކުފާނޭ ވިދާޅުވެ ރައީސް ނަޝީދު ބޭނުންފުޅުވާގޮތަކަށް އެމަނިކުފާނު ބޭނުންފުޅުވާ ވަޒީރުން ލައިގެން ސަރުކާރު ހިންގުމަކީ އެމަނިކުފާނުގެ ހުވަފެންފުޅެއް ކަމަށް މޫސަ ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހްގެ ސަރުކާރަށް ޕްރެޝަރު ކުރެވޭނީ ސަލާމަތީ ބާރުތަކުގައި ހިމެނޭ ފުލުހުންނާއި ސިފައިން ސަރުކާރާއި މެދު ހިތްހަމަނުޖެހުންތަކެއް އުފައްދައިގެން ކަމަށް އެމްޑީޕީގެ ލީޑަރ ޝިޕްގެ އިސްބޭފުޅުން ގަބޫލުކުރާ ކަމަށާއި، އެފިކުރުގައި މަސައްކަތް ކުރާ ބަޔަކު އެބަތިބި ކަމަށް މޫސަ ވިދާޅުވިއެވެ.

"މިސާލަކަށް ކޯނީ ރިޕޯޓް ނެގީ ބަޣާވާތުގެ މައްސަލަ ތަހުގީގް ކުރަން ނަގާއިރު މިއަދު ހަމަ ސިފައިންނާއި ފުލުހުންގެ ތެރޭގައި އެދުވަހު އެތާ އުޅުނު މީހުން އެބަތިބި، އެމީހުންނާއި މެދު އިންޓިގްރިޓީ އިން ފިޔަވަޅު އެޅުމުގެ ބާރު އޮންނާނެ." މޫސަ ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އެބައޮތް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި އެމްޑީޕީގެ މެމްބަރުންގެ މެދުގައި މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެހެން ނޫންނަމަ މިހާރު މިފެންނަ މަންޒަރުތަކެއް މަޖިލީހުގެ ތެރޭގައި ފެނިގެންނުވާނެ ކަމަށް މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަރުކާރުން ބިލެއް ބައްޓަންކޮށްފައި ފޮނުވާއިރު އަބަދުވެސް ޕީޖީ ލީޑަރުންނާއި ޗެއާޕާސަނާއި ވާހަކަ ދައްކައި މަޖިލީހަށް ފޮނުވާނީ އެމަޝްވަރާތަކުން ނިމޭގޮތެއްގެ މައްޗަށް ކަމަށެވެ.

"އިދިކޮޅުން އެއަށްލާނެ އިސްލާހަކާއި މަޖިިލިސް ތެރޭގައި ބަހުސްކުރީމަ އިދިކޮޅު އެ ދައްކާ ވާހަކައެއްގެ މައްޗަށް ޝޯޝަލް މީޑިޔާގައި ނުވަތަ ނޫސްތަކުގައި ދައްކާ ވާހަކަތަކުން އިތުރަށް ބަދަލެއް ގެންނަން ބޭނުންވެއްޖެއްޔާ ރައީސާއި ޕާޓީގެ މެމްބަރުން ކޮމެޓީގައި ވާހަކަ ދައްކާފައި ގޮތެއް ނިއްމާނީ. ބިލް ގޮސް ވަންނަ ތަނުން ޕާޓީ މީހުން އޭގައި ހިފައިގަނެގެން ތަޅައިގަނެގެން ފުލުހުން ސޯޓްބުރި ލައްވައި ފުލުުހުން ހުދު ޖަގިޔާގައި މަގުމައްޗަށް ބޭރަށް ނުރެ ދަނޑިބުރި އެއްދީ މިކަން މިކުރަނީ މުޅިން އެހެން ބޭނުމެއްގައި." ފުލުހުންގެ ބިލާއި ގުޅޭ ގޮތުން އެމްޑީޕީގެ މެމްބަރަކު ދެއްކި ވާހަކަ އަށް އިޝާރަތް ކުރައްވަމުން މޫސަ ވިދާޅުވިއެވެ.

ފުލުހުންނާއި ސިފައިންނަށް އެންމެ ކުރިންވެސް އަދި އެންމެ ފަހުން ވެސް އަމުރުކުރުމުގެ ބާރު ގާނޫނު އަސާސީއިން ލިބިވަޑައިގަންނަވަނީ ސީދާ ރައީސުލްޖުމުހޫރިއްޔާ އަށް ކަމަށް މޫސަ ވިދާޅުވިއެވެ. ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީއަކީ ކަންކަން ހިގާ ނުހިގާގޮތް ބަލަން އޮންނަ ކޮމެޓީއަކަށްވާއިރު ޖަވާބުދާރީ ކުރެވޭނީ ކަމެއް ހިގާނިމުމުން ކަމަށް މޫސަ ވިދާޅުވިއެވެ.

"ކަމެެއް ހިގުމުގެ ކުރިއަށް ސަލަމާތީ ބާރުތަކަށް އަމުރުކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާ ފިޔަވައި އެހެން ފަރާތަކަށް ނޯއްނާނެ. ކޮމެޓީއަށް އެބާރު ލިބިގެނެއްނުވޭ. ރާއްޖޭގައި ހަތިޔާރުހުރި ވަރާއި ބޭނުންކުރެވޭ ހަތިޔާރުގެ އަދަދުތަކާއި ބާވަތްތައް ސިފައިންގެ އަދަދު އާންމުކުރުމަކީ ކޮމެޓީއަކުގައި ވެސް ކުރެވޭ ކަމެއް ނޫން. އެއީ ދައުލަތުގެ ސިއްރުތައް." މޫސަ ވިދާޅުވިއެވެ.

މީގެއިތުރުން ބަޣާވަތް ތަހުގީގް ކުރަން އެމްޑީޕީން ކުރާ މަސައްކަތް ފާހަގަކުރެވެނީ ކުރީގެ ރައީސް ޑރ.ވަހީދަށް އެޕާޓީގެ ތެރެއިން ފުރުސަތު ހޯދުމުގައި ރައީސް ނަޝީދު ކުރައްވާ މަސައްކަތެއްގެ ގޮތުގައި މޫސަ ސިފަކުރެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަން ބަދަލުކުރުމަށް ބަޣާވަތް ކުރި ހުރިހާ ލީޑަރުން ލައިގެން ސަރުކާރެއް ގާއިމްކުރުމަށްފަހު ބަޣާވަތް ތަހުގީގު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް މޫސަ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


13

މުމްތާޒް

24-Jun-2020

ރައީސް ވިދާޅުނުވިޔަސް އަދި ރިކޯ ކިޔާނުދިނަސް ރައްޔިތުންނަށް އެކަން އެނގޭ އަންނި ބޭނުންވާ ގޮތަަކަށް ސަރުކާރު ނުހިންގޭތި އަންނިޔާއި އޭނާގެ ބައިގަނޑު މަސައްކަތް ކުރަނީ ސަރުކާރު ނޭވާހޮޅިޔަށް އަޅުވަން، އެކަމުގެ ޙައްލަކީ ވީހާ އަވަހަކަށް މަޖިލިސް އުވާލުން،ދެން އިންތިޚާބެއް ބާއްވާފިނަމަ އަންނިޔަށް މަޖިލިސް ކުރިކަނޑާ ވެސް ނުދެވޭނެ، އަންނިގެ ކިބައިން ޤަވްމު ސަލާމަތް ކުރަން އެބަޖެހޭ !


4

ޖައުފަރު

23-Jun-2020

ރައީސް އަށް ވެސް ތިކަން އެނގޭ ރީކޯ އެދައްކަނީ ސީދާ އިބޫގެ ބަސް


13

ހަސަން

21-Jun-2020

މޫސާ ދައްކަވާ ވާހަކަ ތަކުން ސީދާ ރައީސް އިބޫ ގެ ތަރުޖަމާނެއްގެ ސިފަ އެބަ ފެނޭ ވަރަށް ރަނގަޅު ވާހަކަ ތަކެއް



ޓްރެންޑިން