ދަޢުލަތުގެ ދަރަނި ބޮޑުވީ ކުރީ ސަރުކާރުން ދަޢުލަތުގެ ފައިސާއަށް އަމާނާތްތެރިނުވުމުން ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހުގައި ކުރަމުންގެންދާ ބަޖެޓް ބަހުސްގައި ގިނަ މެންބަރުން ގެންދަވަނީ ދަޢުލަތުގެ ޚަރަދު ބޮޑުވެފައިވާ ކަމަށާއި ދަރަނި ބޮޑުވެފައިވާ ކަމުގެ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ.

މެންބަރުންގެ ކަންބޮޑުވުންތަކަށް ރައްދު ދެއްވަމުން ހޯރަފުށީ ދާއިރާގެ އެމްޑީޕީ މެންބަރު ސަލީމް ވިދާޅުވީ މެންބަރުންގެ އެކަންބޮޑުވުން ވިސްނިވަޑައިގަންނަވާ ކަމަށާއި އެ ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން މެދުވެރިވީ ދަޢުލަތް ހިންގުމަށް އިދިކޮޅު ފަރާތްތަކަށް ލިބުނު ފުރުސަތުގައި ދަޢުލަތުގެ ފައިސާ ރަނގަޅަށް މެނޭޖް ނުކުރެވުމުން ކަމަށް ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އެ ޙަޤީޤަތް ޤަބޫލުކުރަންޖެހޭ ކަމަށާއި ދަޢުލަތުގެ ފައިސާ ރަނގަޅަށް މެނޭޖް ކުރެވުނުނަމަ ދަރަނި ބޮޑުކަމުގެ މައްޗަށް ހިތާމަކުރަން ނުޖެހޭނެ ކަމަށެވެ.

“އެ ޙަޤީޤަތް އަޅުގަނޑުމެން އޮޅުވާލަން އުޅެގެން ނުވާނެ. އެފައިސާ ދަޢުލަތުގެ ހުންނަންވާ އެކައުންޓުތަކުގައި ހުރިނަމަ މިއަދު އެހިތާމައެއް ނުޖެހޭނެ. މިއަދު އަޅުގަނޑުމެން ތިބޭނީ މާއުފަލުގައި.” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދަޢުލަތުން ބަޖެޓް ހުށައަޅާފައިވަނީ މުޅި ދުނިޔެ އިޤްތިޞާދީ ރިސެސްއަކަށް ގޮސްދާނެކަމުގެ އިންޒާރު އިޤްތިޞާދީ މާހިރުން ދީފައިވާ ވަގުތެއްގައި ކަމަށެވެ. އެގޮތުން ކޮވިޑް-19 އާއި ރަޝިއާ ހަނގުރާމައާއި ކާބޯތަކެއްޗާއި ތެލުގެ އިންފްލޭޝަން މައްޗަށް ގޮސްފައިވާކަން ސަލީމް ފާހަގަކުރެއްވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ސަރުކާރުން ހުށައަޅާފައިވަނީ މިފަދަ ދަތި ދަނޑިވަޅެއްގައިވެސް ރައްޔިތުން މާޔޫސް ކޮށްނުލާ ރައްޔިތުންނަށް އުންމިދު ގެނެސްދޭނެ ބަޖެޓެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު


0

ޙަސަން

26-Nov-2022

ޔާމިނު ގެ ސަރުކާރުގަ ދަވާލާފަ ދިޔަބަޔަކު މިއަދު ވައްކަމޭ މުންޖޭ ކިޔަން ލަދުގަންނަންޖެހޭނެ މަ ހިތައްއަރާ ވަގުޔާމިންގެ ގޭންގު ގެ ލަދުހަޔާތުގެ ހަމަކަންފުޅެއްވެސް ހަމަނެތީއްޔޭ


2

ލާސް

26-Nov-2022

މަނިކުފާނުކުރައްވާ ޖަނަވާރު އުފާތަކަކީ ކުރީގެމީހުން މައިން ބަފައިންގެ ޒިންމާގެދަށުގައި ވާކަމެއްތޯ!


3

އިބޫހޯރަ

26-Nov-2022

ނަޝީދު ގެ ވެރިކަމުގައި ކޮއްފައި ހުރި ބޭކާރުކހަރަދާ އިންދިއާ ގެ ކުންފުނި ތަކުން ނަގާފައިވާ ފައިސާ ޖީއެމްއާރުން ރާއްޖެ ޓީވީ ހޭދަކުރި ފައިސާ އަދި ނަޝީދު ޕާރޓީ އިސްމީހުނާ އާއިލަާ މިހުނާ ރައްޓެހިންނަށްބސހާލި ފަޅުރައްތަކާ, މި ސަރކާރުން ކޮވިދޭ ކިޔައިގެން ކާލި 32 ބިލިއަން ރުފިޔާ އާއި ނަޝިދު ވެރިކަމުގައި ހަދައިގެން އުޅުނު ވަގު ޕޭޕަރ ކޮމްޕެނީ ތަކައް މިސަރުކާރުން ދިން 2 ބިލިއަން ރުފިޔާ, އިންޑިއާ ގެ ޓާޓާ މީހުން ގެ އަތުން ރިސްވަތު ގެ ގޮތުގައި ނެގި ފައިސާ ޖީއެމްއާރު އެއަރޕޯރޓް ބިޑް ކުރި 78 މިލއަން ޑޮލަރ ކާލި ވާހަކަ ދޯ ސައްލޭ މި ބުނަނީ...


-12

ރަޝީދުބެ

25-Nov-2022

ރައީސް ޔާމިން ގެ ސަރުކާރުގެ ވާހަކަ މި ކިޔަނީ އެވަގަފެރެެއިތާ އެވަގަކަަޅާ މުޅި ގައުމާއި ތިޖުރީ ދަވާލައިގެން ދިޔަކަން އެއީ މީހަކަށް ނޭނގޭ ކަމެއް ނޫން


0

ހިނިބެ

25-Nov-2022

ކޫރީގެސަރުކާރު ތިބުނީކިހާކުރިޔެއް ނޭގެންޔާ ސަލީމު މަޑުންހުރޭ