އެމްޑީޕީއަކީ އެތައްހާސް ރައްޔިތުންގެ ލެޔާއި ވިންދާއި ގުޅިފައިވާ ޕާޓީއެއްކަމަށާއި ޕާޓީ ފުނޑުފުނޑުކޮށްލަން ނިކުންނަ ކޮންމެމީހަކީ ޕާޓީގެ މެންބަރުންނަށް ހަރާންކޯރުވާ މީހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ އެތެރޭގައި އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުން މަޖިލީހުގެ މެންބަރުންވެސް ގެންދަނީ އެއްބަޔަކު އަނެއްބަޔަކަށް ބަހުގެ ޙަމަލާތައް ބަދަލުކުރަމުންނެވެ. އެގޮތުން ނިހާދު ވިދާޅުވެފައިވަނީ އެމްޑީޕީއަކީ އެތައްހާސް ރައްޔިތުންގެ ލެޔާއި ވިންދާއި ގުޅިފައިވާ ޕާޓީއެއް ކަމަށެވެ.
އެމްޑީޕީ އަކީ ޤައުމީ ތަރައްޤީގެ ބިންގާ ކަމަށް ނިހާދު ވިދާޅުވިއެވެ. އަދި މަޖިލީހާއި ރައީސް ގުޅިގެން މަސައްކަތް ކުރެވިއްޖެނަމަ އެމްޑީޕީ ދުވަހަކުވެސް ބަލި ނުކުރެވޭނެކަމަށް ނިހާދު ވިދާޅުވިއެވެ.
“މި ބިންގާ ފުނޑުފުނޑު ކޮށްލަން ނިކުންނަ ކޮންމެ މީހަކީ އެމްޑީޕީ މެންބަރުންނަށް ހަރާންކޯރުވާ މީހެއް.” ނިހާދު ވިދާޅުވެފައިވެއެވެ.
އެމްޑީޕީން ނިންމާފައިވަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ހޮވުމަށް ރިޔާސީ ޕްރައިމެރީއެއް ބޭއްވުމަށެވެ. ރައީސް ޞާލިޙްގެ އިތުރުން ޕްރައިމެރީއަށް ޝައުގުވެރިކަން ފާޅުކުރަށްވާފައިވަނީ ރައީސް ނަޝީދެވެ. ނަޝީދާއި ރައީސް ޞާލިހާއި ދެމެދު ސިޔާސީގޮތުން ވަރަށްބޮޑަށް ވަނީ ޚިޔާލު ތަފާތުވެ މުޅި ޕާޓީ ބައިބައި ވެފައެވެ.

MDP akee ethah haas rayyithun ge leyaai, vindhaai gulhifai vaa gaumee tharaggee ge bingaa! Mi bingaa fundu fundu kollan nikunna konme meehakee MDP memberunnah haraankoaru vaa meeheh! Majlis aai Raees aai eku masakkaih kurevunu nama dhuvahakuves MDP bali nukureveyne! MDP Kuriyah! pic.twitter.com/jjFEBOqbH5
— Feydhoo Meehaa (Mohamed Nihad) (@nihad_m) November 25, 2022
އެމްޑީޕީން ނިންމާފައިވަނީ އެޕާޓީގެ ރިޔާސީ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ހޮވުމަށް ރިޔާސީ ޕްރައިމެރީއެއް ބޭއްވުމަށެވެ. ރައީސް ޞާލިޙްގެ އިތުރުން ޕްރައިމެރީއަށް ޝައުގުވެރިކަން ފާޅުކުރަށްވާފައިވަނީ ރައީސް ނަޝީދެވެ. ނަޝީދާއި ރައީސް ޞާލިހާއި ދެމެދު ސިޔާސީގޮތުން ވަރަށްބޮޑަށް ވަނީ ޚިޔާލު ތަފާތުވެ މުޅި ޕާޓީ ބައިބައި ވެފައެވެ.
ކިޔުންތެރިންގެ ހިޔާލު