ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް ޖަހައިފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ ދިވެހި ފިރިހެެނެއްކަމަށެވެ. ފުލުހުން އޭނާގެ މައްޗަށް ކޮށްފައި ވަނީ މާރާމާރީ އާއި ބިރު ދެއްކުމުގެ ކުށުގެ ތުހުމަތުތަކެވެ.
ފުލުހުން ހުށައަޅާފައިވާ ހެކީގެ މައްޗަށް ބުރަވެ ކްރިމިނަލް ކޯޓުން ކަނޑައަޅާފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައި ތުހުމަތުކުރެވޭ މީހާ 30 ދުވަހަށް ބަންދު ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) އަށް ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާއިރު މިދިޔަ އަންގާރަ ދުވަހު، އާޓިފިޝަލް ބީޗު ސަރަހައްދުގައި މެމްބަރު ނަޝީދުގެ ބޮޑީގާޑަކަށް ބަޔަކު ވަނީ ހަމަލާދީފައެވެ. އަދި އެކަން ހިނގިއިރު އެ ސަރަހައްދުގައި މެމްބަރު މޮސްޓާ ހުންނެވިކަމަށް ބައެއް މީހުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު