ރައީސް ޞާލިޙް ހުވަދޫ މަސްވެރިންގެ އަޑުއައްސަވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނައިބު ސައުދުﷲ އަހްމަދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހަމަޖައްސާފައިވަނީ ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާގައެވެ.

އެކަމާ ގުޅިގެން ސައުދު ވިދާޅުވީ މަސްވެރިންގެ ދުވަސް ހުވަދުއަތޮޅުގައި ފާހަގަކުރުމަށް ނިންމުމަކީ ރައީސް ޞާލިޙް ހުވަދޫ މަސްވެރިންގެ އިހްސާސްތަކާއި އަޑު އެއްސެވުމަށް ބޭނުންފުޅުވާކަމުގެ ހެއްކެއް ކަމަށެވެ.

ހަމައެއާއެކު މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން ހައްލު ގެނެސްދޭނެކަން ކަށަވަރުވާކަމަށް ވެސް ސައުދު ވިދާޅުވިއެވެ.

1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 10 ވަނަ ދުވަސް، މަސްވެރިންގެ ދުވަހުގެ ގޮތުގައި ރަސްމީކޮށް ސަރުކާރުން އަންނަނީ ފާހަގަކުރަމުންނެެވެ. އެންމެފަހުން 2021 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކޮށްފައި ވަނީ ކ.ގާފަރުގައެވެ.



ކިޔުންތެރިންގެ ހިޔާލު


-3

މުހައްމަދު

28-Dec-2022

ދެކުނު މަސްވެރިން ބޭނި މަހަށް އަދިވެސް ލާރިއެއް ނުލިބެޔޭ ހަފްތާ ނިމިގެންދާއިރު ބިލަށް ފައިސާ ނުލިބެނީ ދެކުނުގެ ކިތައް މަސްވެރިންނަށްތޯ ސުވާލުކޮށްބަލަ 2023 އަންނަށްވާއިރަށް މަސްވެރުން ފެންނާނެ



ޓްރެންޑިން