ރ.ދުވާފަރު ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރުމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީން އިއްޔެ ނިންމައިފިއެވެ.

އެލްޖީއޭއިން މިދިޔަ ޖުލައިމަހު އެކުލަވައިލި ހާއްސަ ރިޕޯޓްގައި ބުނެފައިވަނީ ދުވާފަރު ކައުންސިލާއި ޑަބްލިއުޑީސީން މާލިއްޔަތު ގަވައިދާއި ސިވިލް ސާވިސް ގަވައިދު އަދި މާލީ ކަންކަމާ ގުޅުން ހުރި އެހެނިހެން ގާނޫނުތަކާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.

އެގޮތުން ކައުންސިލްގެ މެމްބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ މެމްބަރުންގެ އަމިއްލަ އެކައުންޓްތަކަށް ކައުންސިލްގެ ބަޖެޓުން ދެ މިލިއަން ރުފިޔާ ޖަމާކޮށްފައިވާކަމަށް އެލްޖީއޭގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޚިޔާނާތުގެ މި މައްސަލައާ ގުޅިގެން އެލްޖީއޭގެ ބޯޑުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ނިންމާފައިވަނީ ކައުންސިލުގެ ހުރިހާ މެންބަރުން ސަސްޕެންޑުކުރުމަށެވެ. ހަމައެއާއެކު ކައުންސިލު ހިންގުން ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ އެ ކައުންސިލުގެ ސްކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހުއަށެވެ.

ދުވާފަރު ކައުންސިލްގެ ޚިޔާނާތުގެ މައްސަލަ އޭސީސީން ބަލަން ފަށާފައިވަނީ މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެ ކޮމިޝަނަށް ހުށަހެޅުމުންނެވެ. އޭސީސީން ބުނީ މިދިޔަ މަހުގެ 30ގައި އެ މައްސަލައިގެ ތަހުގީގު ނިންމުމަށް ފަހު ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާ ފެށުމަށް އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

އޭގެ ތެރޭގައި މާލީ ކަންކަމާ ގުޅޭ ލިޔެކިޔުންތައް ނުބެލެހެއްޓުމާއި މެމްބަރުންގެ އަމިއްލަ އެކައުންޓަށް ލިޔެކިޔުމެއް ނެތި ގިނަ އަދަދެއްގެ ފައިސާ ޖަމާކުރުމާއި އެއްވެސް ހުއްދައެއް ނެތި ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ މެމްބަރުންނާއި ބައެއް މުވައްޒަފުންނަށްވެސް ނަގުދު ފައިސާ ބަހާފައިވާކަން ރިޕޯޓްގައި ފާހަގަކޮށްފައި ވެއެވެ.

މިމައްސަލަތަކާއި ގުޅިގެން އެލްޖީއޭއިން ވަނީ ދުވާފަރު ކައުންސިލްގެ އިންކްއަރީއެއް ވެސް ހަދައިފައެވެ.



ކިޔުންތެރިންގެ ހިޔާލު


3

ނަގްހާ

28-Dec-2022

ތަނކޮޅެއް އަވސްހެންހީވަނީ މިހާރު ތިޔަކަމެއް ވީތާ ކޮނދުވަހެއް ލިޔެކިޔުން އުފައްދާ ބަދަލުކުރެވެހާ ދުވަސްދީފަ ސަސްޕެންޑް ކޮންވައްތަރު އެލްޖީ ހުންނަނީ