އިމާމުންގެ ޑިގްރީ ޕްރޮގްރާމް ކުރިންވެސް ރާވާފައިވާގޮތަށް ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ހުރިހާ މިސްކިތްތަކެއްގެ އިމާމުންގެ ފެންވަރު މަތިކުރުމަށް އޮންލައިންކޮށް ކުރިއަށްގެންދާ ޑިގްރީ ޕްރޮގްރާމުގެ ބައިވެރިންނަށް އިސްލާމިކް ޔުނިވަސިޓީ (އައިޔޫއެމް) ގެ ޕޯޓަލްގެ އެކްސެސް ކަނޑާލާފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.
އިދިކޮޅު ފަރާތްތަކުގެ ވާހަކަތައް ދޮގުކުރަށްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވީ އައިޔޫއެމްގެ ޕޯޓަލް އަށް ވަނުމުގައި ކުރިން ދިމާވީ ޓެކްނިކަލް މައްސަލައެއް ކަމަށެވެ. އަދި އެކަން މިހާރު ޙައްލު ކުރެވިފައިވާކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ އިމާމުންގެ ހިލޭ ޑިގްރީ ކޯހުގައި ބްލޮކް މޯޑަށް ކިޔެވި ނަމަވެސް އެމީހުންގެ މުސާރައިން ނުކަނޑާ ކަމަށެވެ. އެގޮތުން އިމާމުން މާލެ ދަނީ މިނިސްޓްރީން ޗުއްޓީ ދީގެން މިނިސްޓްރީގެ ހުއްދައާ އެކީ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އުމުރުން 50 އަހަރުން މަތީގެ އިމާމުންނަށް ވެސް މިނިސްޓްރީގެ ކޯހުގައި ފީ ދައްކައިގެން ބައިވެރިވެވޭ ކަމަށާއި ފީ ދެއްކުމުގައި މައްސަލައެއް ކުރިމަތިވެފައިވާކަން އިސްލާމިކް ޔުނިވަރސިޓީން މިހާތަނަށް ޙިއްސާކޮށްފައި ނުވާކަމަށް ޑރ. ޒާހިރު ވިދާޅުވިއެވެ. އަދި ކޯސް ކުރިއަށްދަނީ ރާވާފައިވާ ގޮތަށްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު