އެއްވެސް މައްސަލައެއް ކުރިއަށް ގެންދިއުމުގައި އެއްވެސް ބައެއްގެ ނުފޫޒެއް ނެތް ކަމަށާއި ނުފޫޒު ނުވެސް ފޯރުވޭނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން އޭސީސީން ބުނެފިއެވެ.
އޭސީސީން މި މޭރުމުން ބުނެފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާގެ މައްޗަށް ތުހުމަތުކޮށް އޭސީސީއަށް ހުށައަޅާފައިވާ ކޮރަޕްޝަންގެ މައްސަލާގައި އެކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވާކަމަށް އިދިކޮޅު ޕީޕީއެމުން ތުހުމަތު ކުރުމާ ގުޅިގެންނެވެ.
އެކަމާ ގުޅިގެން އޭސީސީން ބުނީ ނަހުލާގެ މައްސަލަ ވަނީ އޭސީސީގައި ރެޖިސްޓްރީ ކޮށްފައި ކަމަށެވެ. އޭގެ އިތުރުން ކޮމިޝަނުން ޢަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ނަހުލާގެ މައްސަލަ ވެސް ކުރިއަށްދާނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
އޭސީސީން ބުނީ އޭސީސީ އަކީ މިނިވަން މުއައްސަސާއެއް ކަމަށާއި އެއްވެސް މައްސަލައެއްގައި އެއްވެސް ބައެއްގެ ނުފޫޒެއް އެކޮމިޝަނަށް ނުފޯރާނެ ކަމަށެވެ.
އެއްގަމު އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި މިނިސްޓަރު ނަހުލާ އާއި އެމިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު މާލީ ތަނަވަސްކަން ހޯދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ޓްރާންސްޕޯޓް މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި މީގެކުރިން ހުންނެވި ބޭފުޅަކު ވަނީ އޭސީސީއަށް މައްސަލައެއް ހުށަހަޅައިފައެވެ.
އުސޫލުން ބޭރުން އުޅަނދުތަކެއް ރަޖިސްޓްރީ ކުރިކަމުގެ ތުހުމަތުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު ވެސް ވަނީ ދާދިފަހުން ސަސްޕެންޑް ކޮށްފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީއަށް ފިޔަވަޅު އަޅައިދިނުމަށް އެދި މިނިސްޓަރު ނަހުލާ ވަނީ ރައީސް އޮފީހަށް ސިޓީއެއް ފޮނުއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު