އައްޑޫ ސިޓީ ހެރެތެރޭގައި ހިންގާ ކެނެރީފް ރިސޯޓު
އައްޑޫ ސިޓީ ހެރެތެރޭގައި ހިންގާ ކެނެރީފް ރިސޯޓު
އައްޑޫ ސިޓީ ހެރެތެރޭގައި ހިންގާ ކެނެރީފް ރިސޯޓު ބަންދު ކުރުމަކީ، ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އައްޑޫ ޝަރީފް މިއަދު ވިދާޅުވީ، ހެރެތެރެ ބަންދު ކުރުމަކީ ކަންބޮޑުވާ ކަމެއް ކަމަށާއި، އެ މައްސަލަ ޙައްލު ކުރުމަށް ކަމާބެހޭ ފަރާތްތަކާއެކު މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ. އައްޑޫ ސިޓީގައި ހިންގަމުން އައި ކެނަރީފް ރިސޯޓާއި އަދި ޝަންގްރިއްލާ ވިލިނގިލި ރިސޯޓަށް ފުރަތަމަ ދީފައިވާ ކުލީގެ ރޭޓް އަލުން އިޢާދަ ކޮށްދިނުމަށް އައްޑޫ ޑިވެލޮޕްމަންޓް ކޮމެޓީން ވެސް ވަނީ ފަތުރުވެރިކަމުގެ ވުޒާރާގައި އެދިފައެވެ.

އައްޑޫ ސިޓީގައި ހިންގާ ކެނަރީފް އަދި ޝަންގްރިއްލާ، ރިސޯޓަކީ އިންވެސްޓަރަށް ވަކި ކޮންސެޝަން ރޭޓަކުން ފުރަތަމަ ދިން ދެ ރަށެވެ. އަދި ޓޫރިޒަމް ގާނޫނު އިސްލާހުވެގެން އައި އިރު، އެކަމަށް ނުބަލައި، ބިމުގެ ކުލި ބޮޑުކުރުމުގެ ސަބަބުން އެ ދެ ރަށް މިހާރު ވަނީ ބަންދުކުރާ ހިސާބުގައި ކަމަށް މީގެ ކުރިން އޭޑީސީން ވަނީ ބުނެފައެވެ. މީގެ ކުރިން ސަރުކާރުން އެ ދެ ރިސޯޓަށް ކޮންސެޝަނަލް ރޭޓެއް ކަނޑައެޅީ އައްޑޫސިޓީގައި ވަޒީފާ އިތުރު ކުރުމުގެ ބޭނުމުގައެވެ.

މާލީ ޙާލަތު ދަށްވުމުގެ ސަބަބުން، ކެނެރީފް ރިސޯޓު ދެ އަހަރަށް ބަންދު ކުރުމަށް ނިންމާފައިވާ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. ފާއިތުވެދިޔަ ފަސް އަހަރު ގެއްލުމުގައި ހިންގާފައިވާ އެ ރިސޯޓުގެ ގެއްލުމުގެ އަދަދު މިހާރު 21 މިލިއަން ޑޮލަރަށްވުރެ މަތިވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން މުޅިން ހުއްޓިފައިވާއިރު، ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވާލައި ފަތުރުވެރިކަން މި އަންނަ ޖުލައި މަހު އަލުން ފެށުމަށް ސަރުކާރާއި، ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ފަރާތްތައް ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެހެން ނަމަވެސް އަލުން ބޯޑަރު ހުޅުވާލާއިރު މީގެ ކުރިން އައްޑޫ ސިޓީ ގަމަށް ލަންކާ މަގުން ކުރަމުންއައި ސީދާ ދަތުރުތައް ކުރުމާމެދު ގޮތެއް ނިންމާފައި ނުވާކަމަށް އޭސް އޭވިއޭޝަނުން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ ކެނެރީފް ރިސޯޓަކީ ކޯވިޑް-19 އާ ގުޅިގެން އައްޑޫ ސިޓީގެ ކަރަންޓީން ފެސިލިޓީގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ރިސޯޓެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން