ފުރަތަމަ ޑިގްރީ ހިލޭ ކޮށްދިނުން ލާޒިމުކުރަން ގާނޫނުގައި ހިމެނުމަށް ފެނިވަޑައިގަންނަވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީފުރަތަމަ ޑިގްރީ ހިލޭ ކޮށްދިނުން ލާޒިމުކުރި ނަމަވެސް އެފަދަ ޕްރޮގްރާމަކުން ފުރުސަތުތައް ދޭން ވާނީ އޭގެ ބޭނުން އެންމެ ޖެހިފައިވާ ދަރިވަރުންނަށް ކަމަށް ކަނޑައެޅުން މުހިއްމު ކަމަށެވެ. މި ސަރުކާރުން ފަށާފައިވާ ހިލޭ ފުރަތަމަ ޑިގްރީގެ ޕްރޮގްރާމް ގާނޫނަކުން ލާޒިމު ކުރަން ބިލުގައި ހިމަނަން ކޮމިޓީގެ މެންބަރުން ތާއީދު ކުރައްވާ ކަން ކޮމެޓީގެ މުގައްރިރު އަހުމަދު އަބުދުﷲ ވަނީ ހާމަކުރައްވާފައެވެ.
މިއަދުގެ ބައްދަލުވުމުގައި ދަރިވަރުންނަށް ފުރަތަމަ ޑިގްރީ ހިލޭ ކޮށްދީ ދައުލަތުގެ ހަރަދުގައި ހިންގުން ގާނޫނަކުން ލާޒިމު ކުރުމުގެ ގޮތުން ތައުލީމުގެ ބިލުގައި އޭގެ ބާބެއް ހިމެނުމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއެކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވަނީ މަޝްވަރާކުރައްވާފައެވެ. އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މިނިސްޓްރީގެ އެހެން ބޭފުޅުން ވެސް ވަނީ ޝަރުތުތަކެއް ހިމެނިގެން އެ ކަން ލާޒިމުކުރަން ބިލުގައި ހިމެނުމަށް ހުށައަޅުއްވާފައެވެ.
އެ ގޮތުން ޑިގްރީއަށް ފަހު ދައުލަތަށް ހިދުމަތް ކުރުމާއި، ފުރުސަތު ލިބޭނީ އެ ކަމަށް އެންމެ ބޭނުންޖެހިފައިވާ ދަށް އާމްދަނީގެ އާއިލާތަކުގެ ކުދިންނަށް ކަމަށް ކަނޑައެޅުމަށް ވަނީ ލަފާދެއްވާފައެވެ. އަދި އެއިރެއްގައި އޮންނަ ގައުމީ ތަރައްގީގެ ސިޔާސަތުތަކަށް މުހިއްމު ކޯސްތައް ހިލޭ ކުރުން މުހިއްމު ކަމަށް ވެސް މިނިސްޓްރީގެ މެމްބަރުން ވިދާޅުވިއެވެ. ދައުލަތުން ފުރަތަމަ ޑިގްރީ ހިލޭ ކޮށްދިނުން ލާޒިމު ކުރަން ބިލުގައި ހިމަނަން މަޝްވަރާ ކުރެއްވިއިރު، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވަން ފުރުސަތު ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެއް ކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު