ޕާޓީގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ގަބޫލުކުރާ އުސޫލު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ވެރިކަންކުރާ އެމްޑީޕީ ދެބައިވެ އުފެދިފައިވާ ނުތަނަވަސްކަމުގައި މީކާއީލް ފާހަގަކުރެވިފައިވަނީ ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ރައީސް ނަޝީދަށް ތާޢީދު ކުރަށްވާ ބައެއް މެންބަރުން ސަރުކާރުން 2023 ވަނަ އަހަރަށް ލަފާކޮށް ހުށައެޅުއްވި ބަޖެޓަށް ތާޢީދުކޮށްފައިނުވިނަމަވެސް މީކާއީލް ވަނީ ބަޖެޓް ފާސްކުރުމާ އެއްކޮޅަށް ވޯޓު ދެއްވާފައެވެ.
އެހެންކަމުން ބަޖެޓް ފާސްކުރުމަށް މީކާއީލް ވޯޓު ދެއްވާފައިވަނީ އާއިލީ ބޭފުޅަކަށް ވަޒީފާއެއް ލިބުމުންތޯ މީސްމީޑިއާގައި ކޮށްފައިވާ ސުވާލެއްގެ ޖަވާބެއްގައި މީކާއީލް ވިދާޅުވީ އެއީ ޒިންމާދާރުކަންކުޑަ ތުހުމަތެއް ކަމަށެވެ. އަދި އޭނާ އެދިގެން ޢާއިލާ މީހަކަށް ސަރުކާރުގެ ތެރެއިން ހޯދި ވަޒީފާއެއް ނޯންނާނެ ކަމަށްވެސް މީކާއީލް ވިދާޅުވިއެވެ.
“އާއިލާގެ އެއްވެސް މީހަކަށް އަޅުގަނޑު އެދިގެން ހޯދި އެއްވެސް ސިޔާސީ ނުވަތަ އެނޫންވެސް ވަޒީފާއެއް ނޯންނާނެކަން ވަރަށް ކެރިގެން ބުނަން. ޕާޓީގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ގަބޫލުކުރާ އުސޫލު.” މީކާއީލް ވިދާޅުވިއެވެ.
އިއްޔެގެ ޖަލްސާގައި ބަޖެޓް ފާސްކުރަން ނެގި ވޯޓުގައި ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓް ފާސްކުރަން 61 މެންބަރުން ވޯޓުދެއްވާފައި ވާއިރު ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެންބަރުން ވޯޓުދެއްވިއެވެ.
އެމްޑީޕީން ބުނެފައިވަނީ އިއްޔެގެ ޖަލްސާގައި ޕާޓީގެ ވިޕާއި ޚިލާފުވެ ވޯޓު ނުދެއްވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

ވަރަށް ޒިންމާދާރުކަން ކުޑަ ތުހުމަތެއް. މިއަދާ ހަމައަށް އާއިލާގެ އެއްވެސް މީހަކަށް އަޅުގަނޑު އެދިގެން ހޯދި އެއްވެސް ސިޔާސީ/އެނޫންވެސް ވަޒީފާއެއް ނޯންނާނެކަން ވަރަށް ކެރިގެން ބުނަން. ޕާޓީގެ ވިޕްލައިނާއި އެއްގޮތަށް އަމަލުކުރުމަކީ އަބަދުވެސް ގަބޫލުކުރާ އުސޫލު. https://t.co/xKDFI6DtlG
— Meekail Naseem 🎈 (@MickailNaseem) November 29, 2022
އިއްޔެގެ ޖަލްސާގައި ބަޖެޓް ފާސްކުރަން ނެގި ވޯޓުގައި ސަޕްލިމެންޓްރީ ބަޖެޓާއެކު ބަޖެޓް ފާސްކުރަން 61 މެންބަރުން ވޯޓުދެއްވާފައި ވާއިރު ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރަން ނުފެންނަ ކަމަށް 8 މެންބަރުން ވޯޓުދެއްވިއެވެ.
އެމްޑީޕީން ބުނެފައިވަނީ އިއްޔެގެ ޖަލްސާގައި ޕާޓީގެ ވިޕާއި ޚިލާފުވެ ވޯޓު ނުދެއްވި މެންބަރުންނަށް ފިޔަވަޅު އަޅާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު