ޤާނޫނު ހަދަނީ ރައްޔިތުންނަށް ތަކްލީފް ޖެއްސުމަށް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ބޮންޑޭ ވިދާޅުވެއްޖެއެވެ.
މެންބަރު ބޮންޑޭ މިމޭރުމުން ވިދާޅުވެފައިވަނީ ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓްރީ ނުކޮށްފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރުމަށް އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާ ގުޅިގެންނެވެ. މި ބިލު ފާސްކުރުމާ ދެކޮޅަށް ބޮންޑެ ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުން އިއްޔެ ފާސްކުރި އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލާއި ގުޅިގެން ބޮންޑެ ވިދާޅުވީ ޕާޓީން ފިޔަވަޅު އެެޅިޔަސް އަދި ޕާޓީން ވަކިކުރިޔަސް އެފަދަ ބޮޑެތި ޖޫރިމަނާ ފާސްކުރަން ވޯޓު ނުދެވޭނެ ކަމަށެވެ.
“ގާނޫނު ހަދަނީ ލުއިފަސޭހަކުރާށެވެ. ރައްޔިތުންނަށް ބަލާ މުސީބާތް ޖައްސާކަށެއް ނޫނެވެ.” ބޮންޑެ ވިދާޅުވެފައިވެއެވެ.
ސަރުކާރުން ހުށައެޅި އެބިލުގައި ވަނީ އެޤާނޫނާ ޚިލާފަށް ޢަމަލުކުރަނީ ދައުލަތުގެ އިދާރާއެއްގެ މުވައްޒަފަކު ނަމަ 15،000ރ. އާއި 25،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމަށެވެ.
މަޖިލީހުގެ ގައުމީ ތަރިކަ އާއި ތަރައްގީގެ ކޮމިޓީ އަދި އިޖުތިމާއީ ކޮމެޓީ ގުޅިގެން ދިރާސާކޮށް، ތަޅުމަށް ފޮނުވާފައިވާ އެ ބިލު އިއްޔެ ފާސްކުރީ 52 މެމްބަރުންގެ ތާއިދާ އެކު އެވެ.

ކިޔުންތެރިންގެ ހިޔާލު