ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް؛ ރާއްޖޭގެ ބޯޑަރ ބަންދު ކުރުމާއެކު އެންމެ ބޮޑު ފަޅުކަމެއް ލިބުނު އެއްތަނަކީ ވައިގެ ބަނދަރު
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް؛ ރާއްޖޭގެ ބޯޑަރ ބަންދު ކުރުމާއެކު އެންމެ ބޮޑު ފަޅުކަމެއް ލިބުނު އެއްތަނަކީ ވައިގެ ބަނދަރު
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް އޮތީ އައު އާންމު ހާލަތުގައި ޚިދުމަތްދެވޭ ވަރަށް ތައްޔާރުވެފައިކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސާލިހް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސާލިހް ވިދާޅުވީ، ރާއްޖޭގެ ބޯޑަރ ބަންދުކުރީއްސުރެ އެމްއޭސީއެލްއިން މިކަމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

އެގޮތުން މިހާރުވެސް އައު އާންމު ހާލަތުގައި ކަސްޓަމަރުންނަށް ޚިދުމަތްދިނުމަށް ވީއައިއޭ 100 ފަސެްންޓް ތައްޔާރަށްއޮތްކަން އޭނާ ފާހަގަކުރެއްވިއެވެ. އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރ ޓާމިނަލް ސަރވިސް، އިބްރާހިމް ހުސައިން ވިދާޅުވީ، މޭމަހާއި ޖޫންމަހު އެކަނިވެސް ވީއައިއޭއިން 7000 ފަސިންޖަރުން ފުރުވާލާފައިވާކަމަށެވެ. އަދި އެމުއްދަތުގައި 1000 އަށްވުރެ ގިނަ ފަސިންޖަރުން އައިސްފައިވާކަމަށެވެ. ފަސިންޖަރުން ފުރުމާއި އައުމުގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށްކަމަށާއި، އެއަރޕޯޓް އޮތީ އައު އާންމު ހާލަތަށް ތައްޔާރުވެފައިކަމަށް އޭނާ ވިދާޅުވިއެވެ.

"މިދިޔަ 45 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ އެއަރޕޯޓުން 7000 ފަސިންޖަރުން ޑިޕާޗްކޮށްފި. އެރައިވަލްސް އެބައުޅޭ 1000 އިން މަތީގައި. މިހުރިހައި ނަންބަރސްތަކެއް މިދިޔައީ އެޗްޕީއޭގެ ގައިޑްލައިންގެ ތެރެއިން. އެހެންވީމަ އަޅުގަނޑުމެންގެ އެއަރޕޯޓް މިވަގުތައް ހަމަ ރެޑީވެފަ މިއޮތީ." ހުސައިން ވިދާޅުވިއެވެ.



އެސްއޯއީ ކޮމިޓީގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޗީފް އޮފިސަރ އެއަރޕޯޓް އެމަޖެންސީ ސަރވިސް މުހައްމަދު ފަޔާޒް ވިދާޅުވީ، އައު އާންމު ހާލަތުގައި އެމެޖެންސީ އިތުރު ކަންތައްތަކެއް ދިމާވެދާނެކަމަށް އަންދާޒާކުރައްވާ ކަމަށެވެ. އެހެންކަމުން އެކަންކަމަށްވެސް ތައްޔާރުވަމުން އަންނަކަމަށާއި، ނިއުނޯމަލްއަށް ޓާމަލް ސްކްރީނިންގްވެސް 8 ސަރަހައްދެއްގައި ހަރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ނިއު ނޯމަލްއަށްދާއިރު ފުލައިޓް މޫމަންޓްސް ކުރިއާއި އަޅާބަލާއިރު 3 އިންސައްތަ ދަށްވާނެކަމަށް އެމްއޭސީއެލްއިން ވަނީ އަންދާޒާކޮށްފައެވެ. އަދި ދުވާލަކު އިންޓަނޭޝަނަލް 10 ފުލައިޓް ޖައްސައި ޑޮމެސްޓިކް 15 ފުލައިޓާއި 20 ފުލައިޓާއި ދެމެދުގެ އަދަދަކަށް އޮޕަރޭޓްކުރާނެކަމަށް އަންދާޒާކުރެވޭ ކަމަށް އެމްއޭސީއެލް ހާމަކުރެއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން