ވަކި މަގުސަދެއް ހާސިލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ވަކި ކޮމިޓީއެއްގެ ނަން ބަދަލުކޮށް ކޮމެޓީއެއްގެ މަސައްކަތާއި މަސްއޫލިއްޔަތު އެހެން ކޮމެޓީއަކާއި ހަވާލުކުރުމަކީ އުސޫލުތައް މުގުރާލުން ކަމުގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ނަން، "ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ" ގެ ނަމަށް ބަދަލުކޮށް އެ ކޮމިޓީގެ ބައެއް މަސްއޫލިއްޔަތުތައް ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީއާ ހަވާލު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އިސްލާހު ކުރަން މަޖިލީހުގެ އާއްމު ކޮމިޓީން ފާސްކުރި މައްސަލައިގައެވެ.
"ރަސްއޮންލައިން" ގައި ރިޕޯޓްކުރި އެ ޚަބަރު ޓުވީޓާގައި ހިއްސާކުރައްވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ކޮމެޓީތައް އެކުލަވާލައިފައިވަނީ ގާނޫނު އަސާސީގައި ވަކި މަސްއޫލިއްޔަތެއް ހަވާލުކުރުމަށްފަހުގައި ކަމަށެވެ. އެ މަސްއޫލިއްޔަތު ކޮމެޓީ އާއި މަތިކޮށްފައިވަނިކޮށް ކޮމެޓީއެއް އުވާލުމަށްފަހު ވަކި މަގުސަދެއްގައި އެކޮމެޓީގެ މަސައްކަތް އެހެން ކޮމެޓީތަކުގެ މަސްއޫލިއްޔަތާއި ހަވާލުކުރުމަކީ އުސޫލުތައް މުގުރާލުން ކަމުގައި ޝަރީފް ވިދާޅުވިއެވެ.
ކޮމިޓީން ފާސްކޮށްފައިވަނީ، މަޖިލީހުގެ ގަވާއިދުގައި ދައުލަތުގެ އިދާރާތަކާގުޅޭ ކޮމިޓީތައް ބަޔާންކުރާ 107 ވަނަ މާއްދާ އަށާއި، ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާން ކޮށްފައިވާ، 116 ވަނަ މާއްދާ އާއި ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީގެ މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ 119 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ. އެގޮތުން ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެނަން، "ޚާރިޖީ ގުޅުންތަކުގެ ކޮމިޓީ" އަށް ބަދަލުކޮށް، ހާރިޖީ ގުޅުންތަކާބެހޭ ކަންކަން ދިރާސާކުރުމާއި، ހާރިޖީ ގުޅުންތަކުގެ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލުތައް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމާއި، ހާރިޖީ ގުޅުންތަކާ ބެހޭގޮތުން، ޚާރިޖީ ވުޒާރާއާއި، ހާރިޖީ ދާއިރާއާ ގުޅޭ މަސައްކަތްތައް ރާވައި ހިންގާ ކޮންމެ އިދާރާއެއްގެ ކަންތައްތައް ބެލުމާއި، ގައުމަށް ދިމާވާ ކާރިސާތަކާ ގުޅުންހުރި އެކިއެކި ކަންކަން ދިރާސާކޮށް ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަކީ އެ ކޮމިޓީގެ މަސްއޫލިއްޔަތުގެ ގޮތުގައި ވަނީ ހިމަނައިފައެވެ.
މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތާބެހޭ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ނެޝަނަލް ޑިޒާސްޓާ މެނެޖްމެންޓް އޮތޯރިޓީގެ ކަންކަން ބަލައި ޒިންމާދާރު ކުރުވުން ވަނީ ހިމަނައިފައެވެ. އަދި އެ ދާއިރާތަކުން ހުށަހަޅާ ބިލްތައް ފުރިހަމަކޮށް، މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމާއި އެ އިދާރާތަކުގެ އަހަރީ ރިޕޯޓްތައް ދިރާސާކުރުމާއި، އެ އިދާރާތަކުގައި ހިންގާ ކަންކަމާބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި ކުރާ ކަންކަން ބަލައި އޮޅުންފިލުވުމުގެ އިތުރުން އެކަންކަމާ ގުޅޭގޮތުން އާއްމުންގެ ފަރާތްތަކުން ހުށަހަޅާ ކަންކަން ދިރާސާކުރުންވެސް އެ ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެއެވެ.
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފާހަގަ ކުރެވިފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުން ސަރުކާރުގެ ވިސްނުމާއި ދެކޮޅަށް ނިންމާ ނިންމުން ތަކަށް ފާޅުގައި ދެކޮޅު ހައްދަވާ ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރުން ހުށައެޅި ފުލުހުންގެ ބިލަށް އެމްޑީޕީ ގެ ޕާލިމެންޓް މެމްބަރުން ވަނީ ގިނަ އިސްލާހުތަކެއް ހުށައަޅުއްވައި ފައެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާއަށް ލިބިދޭ ބާރުތައް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ އަށް ލިބޭގޮތަށް ހުށައެޅި ބައެއް އިސްލާހުތަކާއި ދެކޮޅަށް ޝަރީފް ވަނީ ވާހަކަ ދައްކަވާފައެވެ.

Ras Online - ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ނަން ބަދަލު ކުރަން ނިންމައިފި https://t.co/LfBg2wfSU7
— Ibrahim Shareef (@AdduShareef) June 21, 2020
މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ ގެ މަސްއޫލިއްޔަތުގެ ތެރޭގައި، ސަލާމަތީ ހިދުމަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމާއި، ގައުމީ ސަލާމަތުގެ ކަންކަން ދިރާސާކުރުމާއި ގައުމީ ސަލާމަތާބެހޭ ސިޔާސަތުތަކަށް ގެންނަން ޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް މަޖިލީހަށް ހުށަހެޅުމުގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި މިނިސްޓްރީ އޮފް ޑިފެންސް އާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ނެޝަނަލް ޑިޒާސްޓާ މެނެޖްމެންޓް އޮތޯރިޓީގެ ކަންކަން ބަލައި ޒިންމާދާރު ކުރުވުން ވަނީ ހިމަނައިފައެވެ. އަދި އެ ދާއިރާތަކުން ހުށަހަޅާ ބިލްތައް ފުރިހަމަކޮށް، މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމާއި އެ އިދާރާތަކުގެ އަހަރީ ރިޕޯޓްތައް ދިރާސާކުރުމާއި، އެ އިދާރާތަކުގައި ހިންގާ ކަންކަމާބެހޭގޮތުން މައުލޫމާތު އޮޅުންފިލުވައި ކުރާ ކަންކަން ބަލައި އޮޅުންފިލުވުމުގެ އިތުރުން އެކަންކަމާ ގުޅޭގޮތުން އާއްމުންގެ ފަރާތްތަކުން ހުށަހަޅާ ކަންކަން ދިރާސާކުރުންވެސް އެ ކޮމެޓީގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވެއެވެ.
އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ފާހަގަ ކުރެވިފައިވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރުން ސަރުކާރުގެ ވިސްނުމާއި ދެކޮޅަށް ނިންމާ ނިންމުން ތަކަށް ފާޅުގައި ދެކޮޅު ހައްދަވާ ވާހަކަ ދައްކަވާ ބޭފުޅެއްގެ ގޮތުގައެވެ. އެގޮތުން ސަރުކާރުން ހުށައެޅި ފުލުހުންގެ ބިލަށް އެމްޑީޕީ ގެ ޕާލިމެންޓް މެމްބަރުން ވަނީ ގިނަ އިސްލާހުތަކެއް ހުށައަޅުއްވައި ފައެވެ. އެގޮތުން ރައީސުލްޖުމުހޫރިއްޔާއަށް ލިބިދޭ ބާރުތައް ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމެޓީ އަށް ލިބޭގޮތަށް ހުށައެޅި ބައެއް އިސްލާހުތަކާއި ދެކޮޅަށް ޝަރީފް ވަނީ ވާހަކަ ދައްކަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު