މަސްތުވާތަކެތި ކުރިމަތި ފަރާތުގައި އައްސައިގެން އުޅުނު މީހަކު އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ނިންމާފައިވާ ޑައިމޯފިން ޓްރެފިކް ކުރުމުގެ މިދައުވާ ސާބިތުވެފައިވަނީ، ކ. ދިއްފުށި، ރާސްތާ، ޙަސަން ޝަފީޤްގެ މައްޗަށެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ ދަޢުވާ ޙަސަން ޝަފީޤްގެ މައްޗަށް އުފުލާފައިވަނީ 2019 ވަނަ އަހަރުއެވެ. ފުލުހުން އޭނާ ބަލައި ފާސްކޮށްފައިވަނީ ބޭންކް އޮފް ސިލޯން ކުރިމަތީގައި އޮތް ލޯންޗެއްގައި މަސްތުގެ ޙާލުގައި ހުއްޓައެވެ.

ޑައިމޯފިން ޓްރެފިކް ކުރުމުގެ މި ދަޢުވާއަށް ކޯޓުގައި އޭނާވަނީ އިންކާރުކޮށްފައެވެ. ނަމަވެސް ދަޢުލަތުން ވަނީ އޭނާއާ ދެކޮޅަށް ގިނަ ހެކިތަކެއް ކޯޓަށް ހުށައަޅާފައެވެ. އޭގެތެރޭގައި އޭނާގެ ކުރިމަތިފަރާތުގައި ޓޭޕް އޮޅާ ހަރުކޮށްފައިއޮތް 4.4498 ގްރާމް ޑައިމޯފިން ހުރި ރަބަރު ޕެކެޓެއް ހިމެނެއެވެ.

މި މައްސަލަ ސާބިތުވުމާ ގުޅިގެން އޭނާއަށް އިއްވާފައިވަނީ 25 އަހަރުގެ ޖަލު ޙުކުމަކާއެކު އެއްލައްކަ ރުފިޔާއިން ޖޫރިމަނާކުރުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން