މިދުވަސްވަރު މުދާ ހިފައިގެން ރާއްޖެއަށް ޚާއްޞަ ދަތުރުތައް ސްރީލަންކަންއިން އަންނަނީ ބާއްވަމުން. ކޯވިޑަށް ފަހުވެސް ގަމަށް ސީދާ ދަތުރުތައް ބޭއްވޭނެ ކަމެއް އަދި ނޭނގޭ
މިދުވަސްވަރު މުދާ ހިފައިގެން ރާއްޖެއަށް ޚާއްޞަ ދަތުރުތައް ސްރީލަންކަންއިން އަންނަނީ ބާއްވަމުން. ކޯވިޑަށް ފަހުވެސް ގަމަށް ސީދާ ދަތުރުތައް ބޭއްވޭނެ ކަމެއް އަދި ނޭނގޭ
ރާއްޖޭގެ ބޯޑަރު ހުޅުވި ކަމުގައި ވިޔަސް ޝްރީލަންކަން އެއަރލައިސްއިން އައްޑޫ ގަމަށް އުދުހުމާއި މެދު އެއްވެސް ގޮތެއް ނިންމާފައި ނުވާކަމަށް ޝްރީލަންކަންގެ ގަމުގެ ސެކްޓާރގެ އޭރިއާމެ ނޭޖަރ ވިދާޅުވެއްޖެ އެވެ.

"ރަސް އޮންލައިން" އާއި ވާހަކަ ދައްކަވަމުން ސްރީލަންކަން އެއަރލައިންސްގެ ގަމުގެ ސެކްޓަރގެ އޭރިއާ މެނޭޖަރ ނަޔޯމީ ޓެންނަކޫން ވިދާޅުވީ ރާއްޖޭގެ ބޯޑަރު ބަންދުވުމާއި އެކު ޝްރީލަންކަންގެ އުދުހުންތައް ފުރަތަމަ ހުއްޓާލީ ޖުލައި މަހުގެ ނިޔަލަށެވެ. ނަމަވެސް މިހާރު އަދި ބޯޑަރު ހުޅުވިކަމުގައި ވީނަމަވެސް އައްޑޫ ގޭން ސެކްޓަރަށް އެކަށީގެންވާ މިންވަރަށް ޕަސެންޖަރުން ލިބޭނެ ކަމަށް މިހާރު އަންދާޒާ ނުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ޝްރީލަންކަން އަލުން ގަމަށް އުދުހުމާއި ބެހޭ ގޮތުން ހެޑްއޮފީހުން އަދި އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށެވެ.

މީގެ ކުރިންވެސް ޝްރީލަންކަންއަށް ގަމުގެ ސެކްޓަރަށް އުދުހުމަށް ދިމާވި އެންމެ ބޮޑު ގޮން ޖެހުމަކީ އެކަށީގެންވާ މިންވަރަށް ޕަސެންޖަރުން ނުލިބުމެވެ. އަދި މިހާރު ކެނެރީފް ދެއަހަރަށް ބަންދު ކުރުމުން ޕަސެންޖަރުން ލިބުން ކުރިއަށްވުރެވެސް ދަށްވާނެ ކަމަށް ބެލެވެއެވެ.

"ޝްރީލަންކަންއިން އަބަދުވެސް މިއަންނަނީ ރާއްޖޭގެ ކަމާއި ގުޅޭ މުއައްސަސާ ތަކާއި ވާހަކަ ދައްކަމުން. އެއީ ހުވަދޫ އަތޮޅުގެ އުތުރާއި އަދި ދެކުނު ގައިވާ ރިސޯޓުތަކަށް ގެސްޓުން ފަސޭހަ ކަމާއި އެކު އުފުލޭނެ އިންތިޒާމެއް ހަމަ ޖެހޭތޯ. އެކަން ކުރެވޭނީ ޑޮމެސްޓިކް ފްލައިޓުތައް، ފަސޭހަކަމާއި އެކު ފަތުރުވެރިން އުފުލޭނެފަދަ ގޮތަކަށް ޝެޑިއުލް ކުރެވިގެން. ނުވަތަ އެހެންވެސް އެފަދަ އިންތިޒާމެއް ހަމަޖެހިގެން. ނަމަވެސް އެކަމަށް އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވޭ. އެހެންކަމުން މިއީ ދަތުރުތައް ފަށައިގަތުމަށް ބަލާނެ ވަރަށް މުހިއްމު ކަމެއް. މިހާރު އައްޑޫގައި އޮތް ދެ ރިސޯޓަކުން ނުލިބޭނެ އެކަށީގެންވާ ޕަސިންޖަރުން." ނަޔޯމީ ވިދާޅުވިއެވެ.

ނަޔޯމީ ވިދާޅުވީ ޖުލައި މަހުގެ ނިޔަލަށް ފްލައިޓްތައް ކެންސަލްވެފައި ވީނަމަވެސް އޭގެ ފަހުންވެސް ފްލައިޓްތައް ޝެޑިއުލްއެއްގެ ދަށުން އުދުހޭނީ ޕަސިންޖަރުން ލިބިގެން ކަމަށެވެ. އަދި މިކަމަށް ހެޑުއޮފީހުން ވަކިގޮތެއް މިހާތަނަށް ނިންމާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަމާއި ބެހޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ނަޔޯމީ ވިދާޅުވިއެވެ.

ފްލައިޓުތައް ޖުލައިމަހުގެ ފަހުން ފަށާނެކަމަށް ދޭހަވާގޮތަށް ބައެއް އޮންލައިން ނޫސްތަކުގައި ލިޔެފައިވަނީ ފަހަރެއްގައި އޮޅުމަކުން ކަމަށް ވެދާނެ ކަމަށް ނަޔޯމީ ވިދާޅުވިއެވެ. "ޝްރީލަންކަންއަކީ ވިޔަފާރި އުސޫލުން ހިންގާ ކުންފުންޏެއް. ފައިދާ ނުވާގޮތަށް ފްލައިޓްތަކެއް ގަމަށް އުދުހުމަކީ ކުރެވޭނެ ކަމެއްނޫން. އެކަން ކުރެވޭނެ ހަމަ އެކަނި ގޮތަކީ އެކަށީގެންވާ މިންވަރަށް ޕަސެންޖަރުން ލިބުން. ބޭނުންއެބަވޭ ގިނަ ގެސްޓުން ގަމަށް އައުމުގެ ފުރުސަތު ހުޅުވެން. އެކަން ކުރެވޭނެ ގޮތެއް އަދި ފަހިވެފައި ނެތް. އެހެން ކަމުން ހެޑްއޮފީހުން އަދި ވަކި ގޮތެއް ނުނިންމާ. ޔަގީންވާ ކަމަކީ ދަތުރުތައް ކުރެވޭނީ އެކަށީގެންވާ ޕަސެންޖަރުން ލިބިގެންކަން." ނަޔޯމީ އިތުރަށް ވިދާޅުވި އެވެ.

އެހެންކަމުން ޝްރީލަންކަން ޖުލައިގެ ފަހުންވެސް ގަމަށް އުދުހުމުގެ މާބޮޑު ފުރުސަތެއް އަދި ނެތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން