ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ޤާޟީ އަހްމަދު ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް އޭނާ ފުލުހަށް ހާޒިރުވާން ފުލުހުންގެ އިދާރާ އިން އަންގައިފިއެވެ.
ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ، ހައިލަމަށް ދެއްވި ދެލައްކަ ރުފިޔާއެއްގެ މައްސަލައިގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ހައިލަމް ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މިމަހުގެ 23 ވަނަ ދުވަހުގެ ރޭ 20:00 އަށެވެ.
ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ރަހުމަތްތެރިއެއް ކަމަށްވާ އަލްހާން ފަހްމީގެ އަތުން އަނބުރާ ދައްކާގޮތަށް ހޯދި ދެލައްކަ ރުފިޔާ ފާޅުކަން ބޮޑުގޮތެއްގައި އެކައުންޓުން އެކައުންޓަށް ޓްރާންސްފާކުރުމަކީ މަނީ ލޯޑަރ ކުރުން ކަމަށް ބުނެ އޭނާ މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް، ފުލުސް އޮފީހަށް ހާޒިރުވާން އަންގަވައިފި ކަމަށެވެ.
ފުލުހަށް ހާޒިރުވާން އެންގި ޗިޓާއި އެކު ހައިލަމް ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ އޭނާ އަށް "ބިރެއް ނުދެއްކޭނެ" ކަމަށެވެ.
ހައިލަމަށް ފުލުހުން ފޮނުވި ޗިޓްގައި ބުނެފައި ވަނީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަ އަކީ މަނީ ލޯންޑްރިންގ އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަށް ލިބިފައިވާ މުޢާމަލާތްތަކުގެ ރިޕޯޓްތަކަށް ބެލި ބެލުމުން ކްރިމިނަލް ކޯޓްގެ އިސް ޤާޟީ އަހުމަދު ހައިލަމް، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރެއް ކަމުގައިވާ އަލްހާން ފަހުމީއާއެކު 19 މެއި 2019 ގައި 200،000ރ (ދެލައްކަ) ރުފިޔާގެ މުޢާމަލާތެއް ހިންގާފައިވާ ކަމަށް ފާހަގަ ކުރެވިގެން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނަސްފައިވާތީ، އަދި މި މުއާމަލާތަކީ މަނީ ލޯންޑްރިންގ އަށް ތުހުމަތު ކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއްކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.
ހައިލަމް ކްރިމިނަލް ކޯޓުގެ ޤާޟީ ކަމުން ވަކި ކޮށްފައިވަނީ ވައިބާ ގްރޫޕަކަށް ފޮޓޯއެއްލި ކަމަށް ބުނެ ސްލޫކީ މައްސަލައެއްގައެވެ. އޭރު އޭނާ ބަލަމުން ގެންދަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލައެކެވެ. ހައިލަމް ސްލޫކީ މައްސަލައެއްގައި ސަސްޕެންޑް ކުރީ މައްސަލައިގެ ހުކުމާއި ހަމައަށް ގޮސްފައި ވަނިކޮށް ޖޭއެސްސީ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު