2023 ވަނަ އަހަރު ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚެއް މި މަހުގެ ތެރޭގައި ކަނޑައެޅިގެން ދާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ.
ގާނޫނުގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ ހުވާކުރަންޖެހޭ ތާރީހުގެ 120 ދުވަސް ކުރިން ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލަންޖެހެ އެވެ.
ފުވާދާއި ޙަވާލާދީ ރާއްޖޭގެ މީޑިއާއަކުން މިއަދު ރިޕޯޓް ކޮށްފައިވަނީ އިންތިޚާބުގެ ތައްޔާރީތައް ވަމުންދާ ގޮތަށް ބަލާއިރު މި މަހުގެ ތެރޭގައި އިންތިޚާބު ބާއްވާނެ ތާރީޚެއް ކަނޑައެޅިގެންދާނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށެވެ.
ފުއާދު ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި މިމަސް ނިމުމުގެ ކުރިން ތާވަލްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް ފުވާދު ވިދާޅުވިއެވެ.
އިންތިޚާބުގައި ވޯޓުލުމަށް ރީރަޖިސްޓަރ ކުރުމަށްވެސް މިފަހަރު ލުއި ގޮތްތަކެއް ހަމަޖެހިފައިވާ ކަމަށް ފުވާދު ވަނީ ވިދާޅުވެފައެވެ. އެގޮތުން މީގެ ކުރިން ކޮންމެ މީހަކު ޕްރިންޓްކޮށްފައި އޮތް ވަކިވަކި ފޯމެއް ލީނަމަވެސް މިފަހަރުގެ އިންތިހާބުގައި ފޯނު ބޭނުންކޮށްގެން ކޮންމެ ތަނެއްގައި ހުރެގެންވެސް ރީރަޖިސްޓްރީ ކުރެވޭނެ ކަމަށް ފުވާދު ވިދާޅުވިއެވެ.
އަންނަ އަހަރުގެ އިންތިޚާބު ބޭއްވުމަށް މަޖިލީހުން ފާސްކޮށްފައިވަނީ 90 މިލިއަން ރުފިޔާ އެވެ. ނަމަވެސް އީސީން ބުނެފައިވަނީ އިންތިޚާބުގެ ދެބުރަށް 120 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު