"ނަވާނަވައި" މަޖިލިސް ކައިރީގައި ކުރި މުޒާހަރާގެ ބައިވެރިން ފުލުހުން ފަހަތަށް ޖައްސަނީ
"ނަވާނަވައި" މަޖިލިސް ކައިރީގައި ކުރި މުޒާހަރާގެ ބައިވެރިން ފުލުހުން ފަހަތަށް ޖައްސަނީ
ސިޔާސީ ހަރަކާތެއްގެ ގޮތުގައި ހިންގާ ޖަމާއަތެއް ކަމަށްބުނާ "ނަވާނަވައި" ގެ ނަމުގައި ބަޔަކު ނުކުމެ ރައްޔިތުންގެ މަޖިލިސް ކައިރީގައި މިއަދު މުޒާހަރާކޮށްފިއެވެ.

މިއަދު ހެނދުނު މަޖިލިސް ކައިރީގައި މުޒާހަރާ ފަށައިފައިވަނީ 8:30 ހާއިރުއެވެ. މަޖިލިސް ކުރާ އިމާރާތް ކައިރިއަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުން އެއްވެއް މުޒާހަރާއެއް ފެށުމާއެކު ފުލުހުން ވަނީ އެ މުޒާހަރާ ކުރަން ދިޔަ މީހުން ގަދަކަމުން އެސަރަހައްދުން ދުރަށް ޖައްސާފައެވެ. ވަކި ހިސާބަކަށް ދުރަށް ޖެއްސުމަށް ފަހު ހޮޓެލް ޖެން ކައިރިން ބެރެކޭޑް ޖަހައި މަޖިލީހުގެ އިދާރާއާ ކައިރިއަށް ނުދެވޭ ގޮތަށް މަގުތައް ފުލުހުން ބަންދުކުރިއެވެ.

މުޒަހާރާގެ ބައިވެރިން މިހާރު އެ ތަނުގައި ތިބެގެން ދަނީ އަޑުއުފުލަމުންނެވެ. މުޒާހަރާގެ ބައިވެރިން މާސްކް އަޅައިގެން ތިބިއިރު ކޮންމެ މީހެއްގެ އަތުގައި މަޖިލީހުގެ މެންބަރުންގެ އަމަލުތަކާ މެދު ހިތްހަމަނުޖެހުން އޮތްކަން އަންގައިދޭ ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހުއްޓެވެ. "މަޖިލިސް ހޭލައްވަން" ނަމުގައި ކުރިއަށް ގެންދާ އެ މުޒާހަރާގެ ބައިވެރިން ގޮވާލަމުން ދަނީ މަޖިލީހުގެ ތެރޭގައި މެންބަރުން ސިޔާސީ ސަރަކާތްތައް ޖެހުން ހުއްޓާލުމަށެވެ.

ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ރައްޔިތުންނަށް އެހީތެރިކަން ދިނުމަށާއި ސަރުކާރާއި މަޖިލީހުން ވެފައިވާ ވައުދުތައް ފުއްދުމަށް ވެސް އެމީހުން ގޮވާލާފައިވެއެވެ. މި ގޮތުން "ސިޔާސީ ސަކަރާތް ޖެހުން ހުއްޓާލާ"، "ހިޔާވަހިކަން އެންމެނަށް"، "ސަރުކާރަށް ބޭރުން ލިބުނު ޑޮލަރުތައް ކޮބައި" އަދި "ދޭން ބުނި އެހީތައް ނުލިބޭ، އެހީތައް ކޮބައި" ފަދަ ޝުއޫރުތައް މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައި ހުރިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ދާދިފަހުން މަޖިލީހަށް ހުށައެޅި ފުލުހުންގެ ބިލަށް ގެނެސްފައިވާ އިސްލާހުތަކާއި ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެެރިން އަޑުއުފުލާފައިވެއެވެ. މަޖިލިސް ކައިރީ މުޒާހަރާ ކުރަން ފެށުމުން، މުޒާހަރާގެ ބައިވެރިން ދުރަށް ޖައްސާފައިވާއިރު ކޯވިޑް-19 އިގެ ބަލިމަޑުކަމުގެ ހާލަތުގައި މާލެ ސަރަހައްދުގައި އިޢުލާން ކޮށްފައިވާ ލޮކްޑައުނުގެ ހާލަތަށް ލުއިތަކެއް ދީފައިވީނަމަވެސް އެއްވުންތައް ނުބޭއްވޭނެ ކަމަށް ފުލުހުން އިއްޔެ ވަނީ އަންގާފައެވެ.

ފުލުހުން އެ ގޮތަށް އިލްތިމާސްކުރި ނަމަވެސް އެއްވުންތައް ބޭއްވުން މަނާ ކުރާ ހާލަތުގައި ވެސް މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް މުޒާހަރާ އިންތިޒާމްކުރާ ނަވާނަވައިން ވަނީ ބުނެފައެވެ. މިއީ މާލެ ސަރަހައްދަށް ގެނައި ލޮކްޑައުންގެ ތެރެއިން ފަތިހު 5:00 އިން ރޭގަނޑު 10:00 އަށް ބޭރުގައި އުޅެވޭ ގޮތަށް ބޮޑު ލުއެއް ދިން ފަހުން، މާލޭގައި އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ އެފަދަ ފުރަތަމަ މުޒާހަރާއެވެ.


ކިޔުންތެރިންގެ ހިޔާލު


11

އަބޫމުޙައްމަދު

23-Jun-2020

މުޒާހަރާކުރުން ހުއްޓުވާފަ ބާއްވައިގެން ރާއްޖޭގައި ލާދީނިއްޔަތަށް މަގު ފަހިވާ ގޮތަށް ފުލުހުންގެ ގާނޫނަށް ގެންނަން އުޅޭ ލާދީނީ އިޞޤލާޙުތަކަށް ރައްޔިތުންނެއް ނުރުހޭ. ނޫސްތައް ގަނެގެން ބިރުދައްކައިގެން ހުރިހާ އެއްމެން ބިރުވެރި ކަމެއްގެ ތެރާގައި ބައިތިއްބައިގެން ރައީސަކަށް ރައީސް އޮފީހުގައި ހިންނަވަރު މީހެއްގެ ފޮޓޯލޯގަނޑެއް ބަހައްތައިގެން މަޖިލީހުެ ރައީސްގެ އަންބޮޑިއަށް ހުރިހާ ބާރެއް ޖަމާކޮށްގެން ފުލުހުންގެ ވެރީންނާއި ސިފައިންގެ ވެރީންނާއި ކޯޓުތަކަށް ލާދީނީ މީހުން އިސްކޮށްގެން ތިޔަ ހިންގާ ލާދީނީ ޙަރަކާތާ ރައްޔިތުން ނުރުހޭނެ. އިރާޑަކުރެއްވިއްޔާ ކޮވިޑް19 އާއި މި ބަލާވެރިކަމުން ވެސް މާްތ ﷲ މި ޤައުމު ސަލާމަތްކުރައްވާނެ. މި ކަމުގެ ހުރިހާ ވެސް ޒިންމާއެއް އުފުއްލާން ޖެހޭނީ މި ޤައުމު މި ނުރައްކާތެރި އަނދަވަޅަށް ވައްޓާލަން ރައޔިތުންނަށް އޮޅުވާލި މއގ އާއި ޢިމްރާނާއި ޤއ އަށް,



ޓްރެންޑިން