ނ. ލަންދޫ އާއި ށ. މަރޮށީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތް ހުޅުވައިފިއެވެ.
ނ. ލަންދޫ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތާއި، ށ. މަރޮށީ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތްވެސް ހުޅުވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު އާދިލް އެވެ.
ލަންދޫގެ ސިއްޙީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތަށް ޚަރަދުވީ 4.3 މިލިއަން ރުފިޔާ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ. ލަންދޫ ސިއްޙީ މަރުކަޒަށް އިތުރުކުރެވުނު މި ޖާގައާއެކު ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހިންގުން ވަނީ މި އިމާރާތަށް ބަދަލުކޮށްފައެވެ.
ހަމައެއާއެކު، މަރޮށީގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި 3.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ސަރުކާރުން ވަނީ އެރަށުގެ ސިއްޙީ މަރުކަޒަށް ޖާގައިގެ ތަނަވަސްކަން ގެނެސްދީފައިކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.
ސަރުކާރުން ގެންދަނީ އަތޮޅުތަކުގެ ސިއްޙީ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށް ޢުމްރާނީ ބޮޑެތި ބަދަލުތަކެއް ސިއްޙީ މަރުކަޒުތަކެއް ގެންނަމުންނެވެ. އެގޮތުން 2023 ވަނަ އަހަރުގެ ބަޖެޓުގައިވެސް ސިއްޙީ ދާއިރާއަށް 5 ބިލިއަނެއްހާ ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު