ރައްޔިތުން މަޖިލިީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
ރައްޔިތުން މަޖިލިީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު
ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަންގެ ތަހުގީގުތައް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދެވެ. މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަރު ކޮމިޝަނަށް މަސައްކަތް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ކޮމިޝަންގެ ސިޓީއެއް ރައްޔިތުންގެ މަޖިލިހަށް ލިބިފައިވާ ކަމަށެވެ.

"މަރުތަކާ ގުޅޭ ކޮމިޝަނުން މި މަޖިލީހަށް މިހާރު ސިޓީ ލިއުއްވާފައި އެބަ އޮތް، އެބޭފުޅުންނަަކަށް ދެން އެ މަސައްކަތެއް ނުކުރެއްވޭނެއޭ. އަޅުގަނޑަށް ޔަގީން އެ ކޮމިޝަންގެ ރިޕޯޓް ތިޔަ ބޭފުުޅުންނާ ހަމައަށް ލިބިވަޑައިގަތީމާ އަދި އިތުރަށް ސާފުވެވަޑައިގަންނަވާނެ. އެ ކޮމިޝަނުން ދެކޭ ގޮތުގައި އެބޭފުޅުންނަށް ދެން އިތުރު ހެއްކެއް ހޯދެން ނެތް ކަަމަށް ވަނީ." މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވާއިރު އެ ކޮމިޝަންގެ މަސައްކަތްތައް ލަސްވާތީ އެ މަސައްކަތްތައް ގޮސްފައިވާ ހިސާބެއް ދެނެގަތުމުގެ މަސައްކަތް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއާއި 241 ކޮމިޓީ ގުޅިގެން އެކުލަވާލި ޖޮއިންޓް ކޮމިޓީން ދަނީ ކުރަމުންނެވެ.

މަރުކޮމިޝަނުން މަޖިލީހަށް ފޮނުވި ޑްރާފްޓް ރިޕޯޓްގައި އޮތް ވަރަށް ދައުވާ ނުކުރެވެނީ ކީއްވެގެންތޯ މަޖިލީހުން އަބަދުވެސް ސުވާލު އުފައްދަމުން  ދިޔަ ކަން ރައީސް ނަޝީދު މިއަދު ފާހަގަކުރެއްވިއެވެ. ތަހުގީގު ގޮސްފައިވާ ހިސާބުން ދައުވާ ކުރެވެން އޮތް ފަރާތްތަކަށް ދައުވާ ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ރައީސް ނަޝީދު މިއަދު ވިދާޅުވިއެވެ.

ދީނީ އިލްމުވެރިޔާ އަދި އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ގޮތާއި ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި މައްސަލަ މަރުކޮމިޝަނުން ބަލައި އެ މައްސަލަ ތަހުގީގު ކުރުމަށް ފަހު، ޑްރާފްޓް ރިޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި ރައްޔިތުންގެ މަޖިލިހަށް މީގެ ކުރިން ވަނީ ފޮނުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން