މާލޭގެ މަގުތަކާއި ޕާކުތަކާއި މައިޒާންތަކާއި ފަޅާއި އެފަދަ ތަންތަން ސާފުކޮށް ކުނި ނެގުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލޭ ސިޓީ ކައުންސިލުން ހާމަކޮށްފިއެވެ.
މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒު ރާއްޖޭގެ މީޑިއާއަކަށް ވިދާޅުވީ ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު ވެފައިވާ އެއްބަސްވުން މިއަހަރުގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަހު ހަމަވުމާއެކު އެ މަސައްކަތާއި ސިޓީ ކައުންސިލުން ޙަވާލުވާނެ ކަމަށެވެ.
މޭޔަރު ވިދާޅުވީ ވެމްކޯގެ މަސްއޫލިއްޔަތާއި ކައުންސިލްގެ ޒިންމާ ވަރަށް ސާފުކޮށް ގާނޫނުން އެނގޭ ކަމަށެވެ. އެގޮތުން އެ ޒިންމާގައި ފުށުއެރުމެއް ނެތް ކަމަށާއި ސިޓީ ކައުންސިލުން ގޭގެއަށް ވަދެ ކުނި ނުނަގާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
“ތިލަފުއްޓަށް ކުނި އުފުލުމާއި ގޭބިސީތަކަށް ވަދެ ކުނި ނަގާނީ ވެމްކޯއިން،” މޭޔަރު ވިދާޅުވެފައިވެއެވެ.
ސިޓީ ކައުންސިލުން މިހާރު ދަނީ މިމަސައްކަތް ފެށުމަށްޓަކައި ހާއްސަ ސެކްޝަނެއް އެކުލަވާލައި، މުވައްޒަފުން ނެގުމަށް ތައްޔާރުވަމުންނެވެ. އެގޮތުން މިހާރު ވެމްކޯގެ ދަށުގައި ތިބި މުވައްޒަފުންނަށް ކައުންސިލްގެ ދަށަށް ބަދަލުވުމުގެ ފުރުސަތުއޮތް ކަމަށް ސިޓީކައުންސިލުން ހާމަކޮށްފައިވެއެވެ.
މާލެ ސަރަހައްދުން ކުނި ނެގުމަށް ވެމްކޯއާއިއެކު މާލޭ ސިޓީ ކައުންސިލުން 2019 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވަނީ މިއަހަރުގެ ޑިސެމްބަރު 26 އަށެވެ. އޭގެފަހުން ދެން މާލެއާއި ވިލިމާލެ ކުނި ކަހައި ސާފުކޮށް ކުނި އުކާނީ މާލޭ ސިޓީ ކައުންސިލުން އަމިއްލައަށް ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ. އަދި އޭރުން އެ ކައުންސިލަށް ފައިދާވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
މާލެ ސިޓީ ކައުންސިލުގެ މިނިންމުމާއިމެދު ސުވާލު އުފައްދައި ވެމްކޯއިން ބުނެފައި ވަނީ ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ކަހައި ކުނި ނެގި ނަމަވެސް ކުނި އުކާލަން ކުރަންޖެހޭ މަސައްކަތާއި ކުނި ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހިނގާ ޚަރަދާއި ވަސީލަތްތައް ހޯދަން ހިނގާ ޚަރަދު ހިމެނުމުން ސިޓީ ކައުންސިލުން މިހާރު އެކަމަށް ކުރާ ހޭދަކޮށްގެން އެކަން ނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު