އިޓަލީގެ އިޓާ އެއާވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމަަށް ތައްޔާރުވެއްޖެއެވެ.

އިޓާ އެއާލައިނަކީ އިޓަލީގެ ރަސްމީ އެއާލައިން އަލިޓާލީއާ ބަނގުރޫޓުވުމުން އުފެއްދި އެއަރލައިނެކެވެ. އެއާބަސް އޭ-350 މަރުކާގެ ބޯޓުތައް ބޭނުންކޮށްގެން އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

އިޓާ އެއާވޭޒް އިން ރާއްޖެއަށް ފުރަތަމަ ކުރާ ދަތުރަށްފަހު މި މަހުގެ 21އިން އަންނަ ޖެނުއަރީ މަހުގެ 22އާ ހަމައަށް ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި އޭގެ ފަހުން ރާއްޖެއަށް ކުރާނީ ހަފުތާއަކު ދެ ދަތުރެވެ.

ރާއްޖެއަށް މިހާރު ބައިނަލްއަޤުވާމީ 29 އެއަރލައިނަކުން އުދުހުންތައް ބާއްވައެވެ.

އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މާކެޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން