އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު
މި އަހަރުގެ ފިތުރު ޒަކާތް ދޫކޮށްފައި ވަނީ އަދާހަމަ ލިސްޓަކަށް ކަމަށާއި އެހެން ކަމުން ޒަކާތުގެ ފައިސާ ދޫކޮށްފައި ވަނީ އޭގެ ހައްގުވެރިންނަށް ކަމަށް ގަބޫލު ކުރައްވާ ކަމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މިއަ އަހަރުގެ ތެރޭގައި ފަގީރުންގެ ލިސްޓު އަޕްޑޭޓް ނުކުރެވުނީ ކީއްވެގެންތޯ އާއި އެ ކަމަށް ދިމާވި ހުރަސްތަކާ އަދި މިދިޔަ އަހަރުގެ ލިސްޓަކަށް ފައިސާ ދޫކުރުމުން ޒަކާތް ދޫކުރެވުނީ އެންމެ ހައްގުވެރިންނަށް ކަމަށް ގަބޫލު ކުރެއްވޭތޯ މަޑަވެލި ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ފިރުޝާން އިސްލާމިކް މިނިސްޓްރާ މިއަދު ކުރެެއްވި ސުވާލުތަކުގެ ޖަވާބުގައި އިސްލާމިކް މިނިސްޓަރ ޑރ.އަހުމަދު ޒާހިރު ވިދާޅުވީ، ޒަކާތް ދޫކުރީ މިދިޔަ އޮކުޓޫންބަރު މަހު އެކުލަވާލައި އަޕްޑޭޓް ކުރި އެންމެ ފަހު ލިސްޓަށް ކަމަށެވެ. މި ހާލަތުގައި އެކުލަވައިލެވޭނެ އެންމެ އަޑްޕޭޓް ލިސްޓަށް ޒަކާތް ދޫކުރެވިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ޒަކާތް ދޫކުރާ ފަގީރުންގެ ލިސްޓު އެކުލަވައިލަނީ ރަށްރަށަށް ފޮނުވައިގެން ފޯމުތަކެއް ފުރުމަށް ފަހުގައި ކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ މި އަހަރުގެ ރޯދަ މަސް އައިއިރު އެ ގޮތަށް ލިސްޓު އެކުލަވައިލެވެން ނެތް ކަމަށެވެ. އެހެންކަމުން ލިސްޓު އަދާހަމަ ނުކުރަން ނިންމީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" 2019 ވަނަ އަހަރު އަޅުގަނޑުމެން ދެ ފަހަރަށް އާކުރިން، އެނގިވަޑައިގަންނަވާނެ ޒަކާތް މިބަހަނީ ކޮންމެ އަހަރަކުވެސް ލިސްޓް އެކުލަވާލުމަށްފަހު، އެހެން ނަމަވެސް މިހާލަތުގައި ހުރިހާ ރަށްރަށެއް ލޮކްޑައުން ކޮށްފައި އޮތުމުން ފޯމު ފުރައިގެން މިނިސްޓްރީއަށް ނުގެނެވޭނެ ކަމަށް ބަލައި ކުރިން އޮތް ލިސްޓަށް ދޫކުރީ. އެއީ އަޕްޑޭޓް ލިސްޓެއް ކަމަށް އަޅުގަނޑު ދެކެނީ."  ޑރ.ޒާހިރު ވިދާޅުވިއެވެ.

މިއަހަރު 156،740 މީހުން ފިތުރު ޒަކާތް ދެއްކިއިރު، ޒަކާތުގެ ގޮތުގައި 6،649،697 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީ އިން ބުނެއެވެ. މިދިޔަ އަހަރުގެ ލިސްޓަކަށް ޒަކާތު ފައިސާ ބެހިއިރު، ލިސްޓުގައި މުޅި ރާއްޖެއިން 8،764 މީހުން ފަގީރުންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. އެހެންކަމުން މި އަހަރުގެ ފިތުރު ޒަކާތް ބަހާފައި ވަނީ މީހަކަށް 3،800 ރުފިޔާގެ މަގުންނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން