މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކޮރޯނާ ވައިރަސް ޖެހުނު ނަމަވެސް އެހެން މެމްބަރުންނަކީ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ނުބެލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އައިސޮލޭޝަން އަށް ދާންޖެހެނީ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވޭ މީހުން ކަމަަށެވެ. އެޗްޕީއޭގެ އުސޫލުތަކާއި ހަވާލާ ދެއްވައި ޕްރައިމަރީ ކޮންޓެކްޓުންނަކީ ކޮބައިކަން ސާފު ކޮށްދެއްވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ އެއީ ބަލި ޖެހިފައިވާ މީހެއްގެ ގާތުގައި ފަނަރަ މިނެޓް ވަންދެން މާސްކު ނާޅައި 3 ފޫޓަށް ވުރެ ކައިރީގައި ހުންނަ މީހުން ކަމަށެވެ.

"މެމްބަރަކަށް ރޯގާ ޖެހުނު ނަމަވެސް އެހެން މެމްބަރުންނަކީ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ނުބެލެވޭނެ، މާސްކު އެޅުމާއި އަޅުގަނޑުމެން މިގެންދާ ގައިދުރުކުރުމުގެ އުސޫލުތަކުގައި ޖަލްސާ ކުރިއަށް ގެންދިޔައީމަ." މަޖިލިސް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނުގެ އެންމެ ބޮޑު ބޭނުމަކީ މަޖިލިސް ނުހުއްޓި ޖަލްސާތައް ކުރިއަށް ގެންދިޔުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ކޯވިޑް-19 ރޯގާ ޖެހުނު ނަމަވެސް އެހެން މެމްބަރުންނަކީ ޕްރައިމަރީ ކޮންޓެކްޓުންގެ ގޮތުގައި ނުބެލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވިއިރު ކޯވިޑް-19 އަށް މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވުމުން މަޖިލިސް ވަނީ ޑިސްއިންފެކްޓްކޮށްފައެވެ. އަދި ޕޮޒިޓިިވްވި މީހާއާއި ކޮންޓެކްޓްވެގެން މަޖިލީހުގެ 22 މުވައްޒަފަކު ވަނީ އެކަހެރިިކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން