ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ރަސް ފޮޓޯ-ޝާހް)
ފުލުހުންގެ މައި އިދާރާ ޝަހީދު ހުސައިން އާދަމް ބިލްޑިންގ (ރަސް ފޮޓޯ-ޝާހް)
ހަށިވިއްކާ ދިވެހި އަންހެނުންނާއި ބިދޭސީ އަންހެނުންގެ މައުލޫމާތު ފޯރުކޮށްދޭ ވައިބާ ގްރޫޕެއްގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އިދާރާއިން ބުނެފިއެވެ.

ފުލުހުންގެ އިދާރާ އިން މިއަދު ބުނީ ހަށިވިއްކާ ދިވެހި އަންހެނުންނާއި ބިދޭސީ އަންހެނުންގެ މައުލޫމާތު ފޯރުކޮށްދޭ ވައިބާ ގްރޫޕެއްގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެ މައްސަލަ އާއި ގުޅިގެން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ތަހުގީގް ކުރަމުންދާތީ މިކަމާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. "ރަސް އޮންލައިން" އަށް އެނގިފައިވާގޮތުގައި ގްރޫޕްގައި ދިވެހި އަންހެނުންނާއި ބިދޭސީ އަންހެނުންގެ ފޯނު ނަމްބަރާއި އެމީހުން ދިރިއުޅޭ ތަންތަނުގެ މައުލޫމާތުވެސް އާންމުކޮށްފައިވެއެވެ.

ބަރާބަރަށް އަޕްޑޭޓްވަމުންދާ އެ ގުރޫޕްގައި ގިނަ އަދަދެއްގެ ހަށިވިއްކާ އަންހެނުންގެ މައުލޫމާތު އާންމުކޮށްފައިވާ ކަމަށްވެއެވެ. ރާއްޖޭގައި ބިދޭސީ އަންހެނުން ހަށިވިއްކާ ތަންތަނުން ހައްޔަރު ކުރުމަކީ ވަރަށް އާއްމު ކަމެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން