އިންޑިއާގެ އެފްކޯން ކުންފުނިން އައްޑޫ އާއި މާލޭގައި އަޅާ ބުރިޖުގެ ފެންވަރާމެދު އެމްއެންޕީގެ ނައިބުރައީސް ޝަރީފް ސުވާލު އުފައްދަވައިފިއެވެ.
ޝަރީފް މިއަދު ވިދާޅުވީ، އެފްކޯން ކުންފުނިން އައްޑޫސިޓީގައި ހިންގާ މަގުހެދުމުގެ ޕްރޮޖެކްޓުގެ ބޮޑު ބައެއް ކޮންމެވެސް ބަޔަކު ނަގާފައިވާ ކަމަށެވެ.
އެގޮތުން އެ މަސައްކަތުގެ ފެންވަރު ދަށްކަމަށް ވިދާޅުވެ ޝަރީފް މިއަދު ވިދާޅުވީ، އެފްކޯން ކުންފުނިން އައްޑޫ އާއި މާލޭގައި އަޅާ ބުރިޖުގެ ފެންވަރާ މެދު ސުވާލު އުފެދޭ ކަމަށެވެ.
އިންޑިއާގެ އެހީގައި އައްޑޫ ސިޓީގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާއިރު، މީގެ ކުރިން ރައީސް ޞާލިޙް ވިދާޅުވެފައިވަނީ އައްޑޫގައި މީހުންދިރިއުޅޭ ހުރިހާ ރަށެއްގައި ޖުމްލަ 107 ކިލޯމީޓަރުގެ މަގު ތަރައްޤީކުރާނެ ކަމަށެވެ.
ހަމައެއާއެކު އައްޑޫގެ ތަރައްޤީގެ ޕްލޭނާއި އެއްގޮތަށް 236.5 ހެކްޓަރުގެ ބިން މި ދައުރުގެ ތެރޭގައި އިތުރު ކުރާނެކަމަށްވެސް ރައީސް ވިދާޅުވެފައިވެއެވެ.
އެގޮތުން އައްޑޫގެ މަޝްރޫޢުތަކަށް ޖުމްލަ 2.6 ބިލިއަން ރުފިޔާ މިއަހަރު ޚަރަދުކުރަން ނިންމަވާފައިވާކަން ރައީސް ވަނީ އިޢުލާނު ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު