ސިޔާސީ ހަރަކާތެއްގެ ގޮތުގައި ހިންގާ ޖަމާއަތެއް ކަމަށްބުނާ "ނަވާނަވައި" ގެ ނަމުގައި ބަޔަކު ނުކުމެ ރައްޔިތުންގެ މަޖިލިސް ދޮށުގައި މިއަދު ކުރި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އިންސާނީ ކަރަމާތަަށް އަރައިގެންފައިވާ ކަމަށް ވިދާޅުވެ އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަކާލާތު ކުރައްވާ އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު މިއަދު ކުރެއްވި ޓުވީޓެއްގައި އިންސާނީ ކަރަމާތަކީ ކޮން އެއްޗެއްކަން ފުލުހުންނަށް ނޭގެނެތީތޯ ވިދާޅުވެ ސުވާލު ކުރައްވާފައިވެއެވެ.
"ރެޑް ޒޯނަކަށް ވިޔަސް ހިއުމަން ޑިގްނިޓީ އަށް އިހުތިރާމް ކުރައްވަންޖެހޭނެ." އީރާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބައްލަވައި ރިޕޯޓް ކުރެއްވުމުގައި މަސައްކަތް ކުރެއްވި ޑރ.ޝަހީދު ވިދާޅުވިއެވެ.
މައުމޫން ސަރުކާރުގައި ޚާރިޖީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ޑރ.ޝަހީދުގެ ޓުވީޓްގައި ރައީސް ސޯލިހާއި، ރައީސް ނަޝީދާއި ކޮމިޝަނަރ އޮފް ޕޮލިސް މުހަންމަދު ހަމީދަށް ވަނީ ޓެގްކުރައްވާފައެވެ. މިއަދު ހެނދުނު މަޖިލިސް ކައިރީގައި މުޒާހަރާ ފަށައިފައިވަނީ 8:30 ހާއިރުއެވެ. މަޖިލިސް ކުރާ އިމާރާތް ކައިރިއަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގާތްގަނޑަކަށް ދިހަ ވަރަކަށް މީހުން އެއްވެއް މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ އެ މުޒާހަރާ ކުރަން ދިޔަ މީހުން ގަދަކަމުން އެސަރަހައްދުން ދުރަށް ޖައްސާފައެވެ. މުޒާހަރާގައި ބައިވެރިން އެ ސަރަހައްދުން ނުދާން ގަދަ ހެދުމުން ބައެއް މީހުން ފުލުހުން ގެންދިޔައީ ހަތަރެެސް ފައި އުފުއްލާލައިގެންނެވެ.
"ސިޔާސީ ސަކަރާތް ޖެހުން ހުއްޓާލާ"، "ހިޔާވަހިކަން އެންމެނަށް"، "ސަރުކާރަށް ބޭރުން ލިބުނު ޑޮލަރުތައް ކޮބައި" އަދި "ދޭން ބުނި އެހީތައް ނުލިބޭ، އެހީތައް ކޮބައި" ފަދަ ޝުއޫރުތައް މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައި ހުއްޓެވެ. ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ރައްޔިތުންނަށް އެހީތެރިކަން ދިނުމަށާއި ސަރުކާރާއި މަޖިލީހުން ވެފައިވާ ވައުދުތައް ފުއްދުމަށް ވެސް އެމީހުން ގޮވާލާފައިވެއެވެ. މީގެ އިތުރުން ދާދިފަހުން މަޖިލީހަށް ހުށައެޅި ފުލުހުންގެ ބިލަށް ގެނެސްފައިވާ އިސްލާހުތަކާއި ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެެރިން އަޑުއުފުލާފައިވެއެވެ.

Insaanee karaamathaky kon ehchehkan thiya beyfulhunnah hama en’givadai nugannavanee thoa? Red Zone akah viyas human dignity ah ihthiraam kuravvan jeheyne! @M_Hameedh @PoliceMv @ibusolih @MohamedNasheed https://t.co/sV1vJU6FdG
— Ahmed Shaheed (@ahmedshaheed) June 22, 2020
"ސިޔާސީ ސަކަރާތް ޖެހުން ހުއްޓާލާ"، "ހިޔާވަހިކަން އެންމެނަށް"، "ސަރުކާރަށް ބޭރުން ލިބުނު ޑޮލަރުތައް ކޮބައި" އަދި "ދޭން ބުނި އެހީތައް ނުލިބޭ، އެހީތައް ކޮބައި" ފަދަ ޝުއޫރުތައް މުޒާހަރާގެ ބައިވެރިން ހިފަހައްޓައިގެން ތިބި ބޯޑުތަކުގައި ލިޔެފައި ހުއްޓެވެ. ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ރައްޔިތުންނަށް އެހީތެރިކަން ދިނުމަށާއި ސަރުކާރާއި މަޖިލީހުން ވެފައިވާ ވައުދުތައް ފުއްދުމަށް ވެސް އެމީހުން ގޮވާލާފައިވެއެވެ. މީގެ އިތުރުން ދާދިފަހުން މަޖިލީހަށް ހުށައެޅި ފުލުހުންގެ ބިލަށް ގެނެސްފައިވާ އިސްލާހުތަކާއި ދެކޮޅަށް ވެސް މުޒާހަރާގެ ބައިވެެރިން އަޑުއުފުލާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު