މިސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއްކަމަށް ރައްޔިތުން ގަބޫލުކުރާކަމަށް ވިދާޅުވެ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރާ މި އަހަރުގެ ބައިނަލްއަޤްވާމީ އެންޓި-ކޮރަޕްޝަން ދުވަހާ ގުޅިގެން ފޮނުއްވި ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ކޮރަޕްޝަންގެ ކިތަންމެ ކުޑަ ޢަމަލެއް ހިންގުމަށް ވެސް އެމަނިކުފާނު ރުހިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅާގުޅިގެން އުޝާމް ވިދާޅުވީ ސަރުކާރުގެ އިސް މަޤާމުތަކުގައި ކޮރަޕްޝަންގެ ދަޢުވާލިބޭ ފަރާތްތައް ގިނަކަމަށެވެ. އެހެންކަމުން ރައީސްގެ ވާހަކަފުޅު ރައްޔިތުން ޤަބޫލުނުކުރާނެކަމަށް އުޝާމް ވިދާޅުވިއެވެ.
"އެހެންވެގެންތޯ ކޮރަޕްޝަންގެ ދައުވާލިބޭ ފަރާތްތަކާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކުގަ ތަހްގީގުކުރެވޭ ފަރާތްތައް މިސަރުކާރުގެ ކެބިނެޓާއި ކުންފުނިތަކުގެ އެންމެ އިސްމަގާމުތަކުގައި އެހާ ގިނައީ؟ ދިވެހި ގިނަ ރައްޔިތުން މިއަދު ގަބޫލުކުރަނީ މިސަރުކާރަކީ ވަރަށް ކޮރަޕްޓް ސަރުކާރެއްކަމަށް." އުޝާމް ވިދާޅުވިއެވެ.
ރައީސް ޞާލިޙް މިއަދު ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މާލީ އެންމެހައި ކަންކަން، ޤާނޫނީ އިމުގެ ތެރެއިން، ފުރިހަމަ ނަޒާހަތްތެރިކަމާ އެކުގައި ކުރުމަށް އަބަދުވެސް އިރުޝާދު ދެމުންގެންދަވާކަމަށެވެ.
ހަމައެއާއެކު ކޮންމެ މީހަކީވެސް އެމީހެއްގެ އަމިއްލަ ނަފްސުން ފެށިގެން، ޢާއިލާއާއި މުޖްތަމަޢުގައި ވެސް، ކޮރަޕްޝަނަށް ނޫނެކޭ ބުނާ މީހަކަށް ވެއްޖެނަމަ، ކޮރަޕްޝަންގެ ވަބާއިން މުޖްތަމަޢު ސަލާމަތްކުރުމަކީ އުނދަގޫ ކަމެއް ނޫންކަން ރައީސް ޞާލިޙް ވަނީ ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު