ގައިދުރުކޮށްގެން ބާއްވާ އެއްވުންތަކަށް ފުރުސަތު ދޭން ޖެހޭ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައިވާއިރު ނަވާނަވައި އިން އިންތިޒާމު ކުރި މުޒާހަރާ މަޖިލިސް ދޮރުމަތީގައި ކުރިއަށް ދަނިކޮށް، ފުލުހުން ވަނީ އެމީހުން ގަދަކަމުން ފަހަތަށް ޖައްސައިފައެވެ. އޭގެ ފަހުން އެމީހުން މުޒާހަރާ ކުރީ ހޮޓެލް ޖެން ކައިރީގައި ތިބެގެންނެވެ. ރާއްޖެ އަދިވެސް އޮތީ ކޯވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ކަމަށާއި ހިޔާލު ފާޅުކުރުމަށް ތަންތަނަށް އެއްވުމުގެ ބަދަލުގައި އެހެން ގޮތަކަށް އެކަން ކުރުމަށް އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް ޑރ. އަބްދުﷲ ފައިރޫޝް ވަނީ އެދިވަޑައިގެންފައެވެ.
ޑރ.ފައިރޫޝްގެ ޓުވީޓާ ގުޅިގެން ރޮޒެއިނާ ވިދާޅުވީ ރާއްޖެ އޮތީ ފުރަބަންދެއްގައި ނޫން ކަމަށެވެ. އެހެންވެ، ގައިދުރުކަމަށް އިސްކަން ދީގެން އެއްވުންތައް ބޭއްވުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. ހިޔާލުފާޅުކުުރުމުގެ މިނިވަންކަމަކީ ގާނޫނުއަސާސީން ލިބިދީފައިވާ ހައްގެއް ކަން ފާހަގަކުރައްވަމުން ރޮޒައިނާ ވިދާޅުވީ ސުލްހަވެރިކަމާ އެކީގައި އެއްވެ އުޅެވޭނެ ގައިޑްލައިނެއް ފުލުހުން ނެރުން ރަނގަޅުވާނެ ކަމަށެވެ.
މެންބަރު ރޮޒެއިނާގެ ޓުވިޓާ ގުޅިގެން ފައިރޫޝް ވަނީ، ގާނޫނުތަކާއި އެޗްޕީއޭގެ އުސޫލުތަކާ އެއްގޮތަށް އެކަން ކުރެވޭނެ ގޮތެއް ތަފްސީލްކޮށް ދެއްވުމަށް އެދިވަޑައިގެންފައެވެ.
ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވިދާޅުވީ ޚިޔާލު ފާޅުކުރަން ބަޔަކު ނިކުތުމުން އެބަޔަކަށް ހުރަސް އަޅަައިގެން ނުވާނެ ކަމަށެވެ.
" ބާރުގެ ބޭނުންކުރަންޖެހޭނީ ބާރުގެ ބޭނުން ހިފަންޖެހޭ ހާލަތު އުފެދިފައިވާ ހާލަތެއްގައި އެކަނި." ސިރާޖް ވިދާޅުވިއެވެ.
މިއަދު 8.30 ހާއިރު މަޖިލިސް ކައިރީގައި ފެށި މުޒާހަރާގައި ލޮކްޑައުންގައި ތިބެން ޖެހުމުގެ ސަބަބުން ހާލުގައި ޖެހުނު އެތައް ރައްޔިތުންނަށް އެހީތެރިކަން ދިނުމަށާއި ސަރުކާރާއި މަޖިލީހުން ވެފައިވާ ވައުދުތައް ފުއްދުމަށް ވެސް ބައިވެރިން ގޮވާލާފައިވެއެވެ. މީގެ އިތުރުން ދާދިފަހުން މަޖިލީހަށް ހުށައެޅި ފުލުހުންގެ ޚިދުމަތުގެ ބިލަށް ގެނެސްފައިވާ އިސްލާހުތަކާއި ދެކޮޅަށް ފުލުހުން ދިފާއުކޮށް މުޒާހަރާގެ ބައިވެެރިން އަޑުއުފުލާފައިވެއެވެ

ކިޔުންތެރިންގެ ހިޔާލު