ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި ދައުވާ ކުރެވިފައި ނެތީ ފުލުސް އޮފީހުގެ އިހުމާލުންކަމަށް ވިދާޅުވެ ވީހާވެސް އަވަހަކަށް ެމައްސަލަތައް ނިއްމައިދިނުމަށް ފުލުހުންގެ ކިބައިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ، ރައީސް މުހަންމަދު ނަޝީދު މިއަދު އެދިވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ މަޖިލީހުން ފާސްކުރި ރިޕޯޓްގައި އަޅަން ޖެހޭ ފިޔަވަޅުތަކުގެ ގޮތުގައި މަޖިލީހަށް ފެންނަ ފިޔަވަޅުތަކާއި އެ މައްސަލާގައި ދައުވާ ކުރަން ޖެހޭ ފަރާތްތަކުގެ ލިސްޓެއްވެސް ހިމަނާފައިވާނެ ކަމަށެވެ. އޭގެތެރޭގައި އެ އަމަލުގައި ބައިވެރިވި މީހުންނާއި ހަރަދުކުރި މީހުންނާއި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ހިމެނޭ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ. އެކަމަކު އެ ހުލާސާ ރިޕޯޓްގައި ވެސް ދައުވާ ކުރެވޭ ވަރަށް އޮތް ކަމަށް ގަނޫނީ ބައެއް ވަކީލުން ލަފާ ދެއްވި ކަމަށް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މި މައްސަލަތަކުގައި މިހާރު ކުރަން އޮތް ކަމަކީ ދައުވާ ކުރުން ކަމަށާއި ނަމަވެސް ފުލުސް އޮފީހުން މިހާތަނަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ނުވާ ކަމަށެވެ. އިންސާފު ނުލިބި ލަސްވީ އެހެންވެގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑު ހިތާމަ އާއެކީގައި ދަންނަވާލަން ޖެހޭނީ މި ދައުވާތައް ކުރެވިފައި ނެތީ ފުލުސް އޮފީހުގެ އިހުމާލުން. އަޅުގަނޑަށް ވަރަށް އުނދަގޫ ވަރިހަމަ ކޮށްގެން އިންނަން. އަޅުގަނޑު އަނެއްކާ ވެސް އެދެނީ މަރުތަކުގެ މައްސަލަތައް ނިންމާ ދެއްވާށޭ." ރައީސް ނަޝީދު ވިދާޅުވި އެވެ.
މި މައްސަލަތަކުގެ ތަހުގީގަށް ހުރަސް އެޅުނު ސަބަބަކީ މަޖިލީހުން ތަހުގީގު ރިޕޯޓް ދިރާސާކޮށް ރިޕޯޓެއް އާންމު ކުރުމުން ކަމުގައި ނުދެކޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މިހާރު ދައުވާ އުފުލެން ހުރި މިންވަރަށް ދައުވާ އުފުލަން ޖެހޭ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވިދާޅުވީ، މަރުތަކަށް އިންސާފު ހޯދައިދިނުމަށް ހަމައެކަނި ޝަރުއީ ނިޒާމު އިސްލާހު ކުރުމުން ނުފުދޭ ކަން ސާފުވެގެން ގޮސްފައިވާ ކަމަށެވެ. ފުލުހުންގެ ގާނޫނަށް އިސްލާހުތައް ގެނެސްގެން ފުލުހުންނާ އެކު، މުޅި ޖިނާއީ އަދުލުގެ ނިޒާމު އިސްލާހު ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު