އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ފަރުވާދޭން ފަށަިއިފިއެވެ.
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ކަކުލު ހުޅު ބަދަލުކުރުމުގެ ފަރުވާދޭން ފަށާފައިވާއިރު މީގެކުރިން އެ ހޮސްޕިޓަލުގައި މި ފަރުވާ ދީފައިވަނީ އައިޖީއެމްއެޗްގެ ޓީމުތައް އެ ސިޓީއަށް ޒިޔާރަތްކޮށްގެނެވެ.
އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ އާތްރައިޓިސްގެ ސަބަބުން ނުވަތަ ކަކުލަށް ލިބޭ އަނިޔާތަކުގެ ސަބަބުން ޢާއްމު ދިރިއުޅުމުގައި ކުރަންޖެހޭ ކަންކަން ކުރުމަށް ގިނަބަޔަކަށް ދަތިވާކަމަށެވެ. އަދި މިމައްސަލަ ޙައްލުކުރުމަށް ކަކުލު ހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރަން ގިނަ ބަޔަކަށް ޖެހެއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި ކަކުލުހުޅު ބަދަލުކުރުމުގެ އޮޕަރޭޝަން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ހޮސްޕިޓަލްގެ ކަށީގެ ޚާއްސަ ޑޮކްޓަރުންގެ އިރުޝާދާއެކު ފަރުވާ ހަމަޖެހިގެންދާނެކަމަށް އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.
މީގެކުރިންވެސް އައިޖީއެމްއެޗްގެ ޑޮކްޓަރުންގެ އިރުޝާދާއި ފަންނީ އެހީތެރިކަމާއެކު އޭއީއެޗްގައި ކަކުލުހުޅު ބަދަލުކުރުމާއި މައިބަދައިގެ އޮޕަރޭޝަންތަކާއި ކަށީގެ އޮޕަރޭޝަންތަކާއި ލޮލުގެ އޮޕަރޭޝަންތަކާއި އެނޫންވެސް ބޮޑެތި އެކި އޮޕަރޭޝަންތައް ވަނީ ކޮށްފައެވެ. މީގެއިތުރުން އެކްސިޑެންޓަކާއި ގުޅިގެން ބޮލަށް ގެއްލުންވި ފަރާތެއްގެ ވަރަށް ކްރިޓިކަލް އޮޕަރޭޝަނެއް އޭޑީކޭގެ ނިއުރޯ ސަރޖަރީ ޓީމާއި ގުޅިގެން އޭއީއެޗްގައި މީގެކުރިން ވަނީ ކޮށްފައެވެ.
އެހޮސްޕިޓަލުގައި ދެމުންދާ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ހޮސްޕިޓަލުން ކަމާއިގުޅޭ އިދާރާތަކާއެކު ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އެގޮތުން ހޮސްޕިޓަލުގައި އެކްސްޓެންޝަން ޢިމާރާތެއް ތަރައްޤީކުރުމުގެ މަސައްކަތާއި ހޮސްޕިޓަލްގެ ކެތުލެބް އިންސްޓޯލްކުރުމާއި ގުޅޭ މުހިއްމު މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު