ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާ މިއަދު މަޖިލީހަށް މައްސަލައަކަށް ނުވާކަމަށް ބުނެ ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ކުރީގެ މިނިސްޓަރ ޝިދާތާ ޝަރީފް މި ކަންބޮޑުވުން ފާޅުކޮށްފައި މިވަނީ ފިރިމީހާ، އަނބިމީހާ މަރާލުމުގެ މައްސަލައަކާއި ބައްޕައަކު ދަރިއަކަށް ޖިންސީ ގޯނާކުރިކަމުގެ މައްސަލައެއް ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
އަންހެނަކު މަރާލުމާއި ތުއްތު ކުއްޖަކަށް ޖިންސީ އަނިޔާ ދީފައިވާ މައްސަލަތަކެއް ދެ ދުވަހުގެ ތެރޭގައި ފެންމަތިވުމާ ގުޅިގެން ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖެންޑަރ މިނިސްޓަރ ކަމުގައި ކޮންމެ މީހަކު ހުއްޓަސް، މި މައްސަލައަކީ މިހާރުން މިހާރަށް ޙައްލުވާން ޖެހޭ މައްސަލައެއްކަމަށެވެ.
ޝިދާތާ ވިދާޅުވީ މިކަމުގައ އޮތް ހިތާމައަކީ މިއަދު މިކަންކަން ރައްޔިތުންގެ މަޖިލީހުގެ ކަންބޮޑުވުމަކަށް ނުވާކަންކަމަށެވެ.
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތަކާއި ގުޅިގެން މަޖިލީހުން ކަންބޮޑުވުން ފާޅު ނުކުރާކަމަށް ބުނެ ޝިދާތާ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީގެކުރިން އޭނާ މިނިސްޓަރަކަށް ހުންނެވިއިރު ކުޑަކުދިންގެ ހިޔާގައި ދިމާވި ކަމެއް ސަބަބަކަށް ދައްކައިގެން ޝިދާތާ ވަނީ މަގާމުން ވަކިކޮށްފައެވެ.
ޝިދާތާ މަގާމުން ވަކިކޮށް އެ މަގާމަށް އައު ބޭފުޅަކު އައްޔަންކުރި ފަހުންވެސް އެފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. ނަމަވެސް މަޖިލީހުން އެކަމާއި މެދު މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.

ދެ ދުވަސް ތެރޭ އަނިޔާވެރި ގޮތަކަށް އަންހެނަކު މަރާލުމައި ތުއްތު ކުއްޖެއްގެ ޖިންސީ އަނިޔާގެ މައްސަލަ. ޖެންޑަރ މިނިސްޓަރކަމުގައި ކޮންމެ މީހަކު ހުއްޓަސް، މައްސަލައަކީ މިހާރުން މިހާރަށް ޙައްލުވާން ޖެހޭ މައްސަލައެއް. ހިތާމައަކީ މިއަދު މިކަންކަން މަޖިލީހުގެ ކަންބޮޑުވުމަކަށް ނުވާކަން
— Shidhatha Shareef (@iamshidhatha) December 12, 2022
ކުޑަކުދިންނާއި އަންހެނުންނަށް ކުރާ އަނިޔާތަކާއި ގުޅިގެން މަޖިލީހުން ކަންބޮޑުވުން ފާޅު ނުކުރާކަމަށް ބުނެ ޝިދާތާ ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މީގެކުރިން އޭނާ މިނިސްޓަރަކަށް ހުންނެވިއިރު ކުޑަކުދިންގެ ހިޔާގައި ދިމާވި ކަމެއް ސަބަބަކަށް ދައްކައިގެން ޝިދާތާ ވަނީ މަގާމުން ވަކިކޮށްފައެވެ.
ޝިދާތާ މަގާމުން ވަކިކޮށް އެ މަގާމަށް އައު ބޭފުޅަކު އައްޔަންކުރި ފަހުންވެސް އެފަދަ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވެއެވެ. ނަމަވެސް މަޖިލީހުން އެކަމާއި މެދު މާބޮޑު ސަމާލުކަމެއް ދީފައެއް ނުވެއެވެ.
ކިޔުންތެރިންގެ ހިޔާލު