ތިލަމާލެ ބްރިޖު މަޝްރޫޢުއަކީ މިސަރުކާރުން ރޯމާ ދުވާލު ހިންގާ ބޮޑު ވައްކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ނައިބު ލީޑަރ ޝިޔާމް މިމޭރުމުން ވިދާޅުވީ ތިލަމާލެ ބްރިޖު މަސައްކަތަށް ބޭނުންކުރަމުންދިޔަ ކެރޭނެއް ބިންދައިގެން ގޮސް ކަނޑަށް ވެއްޓުމާ ގުޅިގެންނެވެ. މިމަހުގެ 5 ވަނަ ދުވަހު އެކަން ހިނގަން މެދުވެރިވީ ކެރޭންގެ ބޫމް ފެއިލްވެގެންކަމަށް ކަމާއިބެހޭ ފަރާތްތަކުން ބުނެއެވެ.
ކެރޭން ބިންދައިގެންގޮސް ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯ މީސް މީޑިއާގައި މިހާރު ވަނީ ޢާއްމުވެފައެވެ. އާންމުވި ވީޑިއޯއާއެކު ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ 2022 ވަނަ އަހަރަށް ފުރަތަމަ ފާސްކުރި ބަޖެޓަކީ 39 ބިލިޔަންރުފިޔާ ކަމަށެވެ. އޭގެތެރެއިން ތިލަމާލެ ބުރިޖު އަޅަން ލޯން އިންޓަރެސްޓާއެކު 12 ބިލިޔަން ރުފިޔާ ހިމަނާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ.
“މިއީ ބަޖެޓުގެ %30. ރައްޔިތުންގެ ފައިސާ އިން މިހާބޮޑު ހޭދައެއްކޮށްގެން ރައްޔިތުންނަށް ޙައްޤުވަނީ ބޅ ކެރޭނެއްތޯ. މިއީ ރޯމާދުވާލުކުރާ ބޮޑުވައްކަމެއް.” ޝިޔާމް ވިދާޅުވެފައިވެއެވެ.
ބްރިޖްގެ މަސައްކަތް 2021 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަ ދުވަހު ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ.
ބުރިޖު އެޅުމުގެ މަސައްކަތްކުރުމަށް އެފްކޯންސްއިން ޤާއިމުކޮށްފައިހުރި ޕްލެޓުފޯމެއްގައި ހަރުކޮށްފައި ހުރި ކެރޭނެއް ވެއްޓިފައިވާއިރު މީގެކުރިން އެ މަސައްކަތަށް ބޭނުންކުރި ޕްލެޓްފޯމެއް ފަރަށް އެރުމުގެ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ. އެހާދިސާގައި ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިފައެވެ.
ތިލަމާލެ ބްރިޖްގެ ދިގުމިނަކީ 6.7 ކިލޯ މީޓަރެވެ. މި މަޝްރޫޢުގައި ހިމެނެނީ ބްރިޖް އަދި ލިންކިން ރޯޑް ތަކެކެވެ. ބްރިޖު ޕްރޮޖެކްޓު ހިންގަން ދިވެހި ސަރުކާރުން ވަނީ އިންޑިއާގެ އެގްޒިމް ބޭންކުން 400 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިފައެވެ. މި ބްރިޖުން މާލެއާއި ވިލިނގިލި، ތިލަފުށި އަދި ގުޅީފަޅު ގުޅާލާނެއެވެ.

ކިޔުންތެރިންގެ ހިޔާލު