ކޯވިޑްް-19 އާއި ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލުން ހަރަކާތްތެރިވަނީ
ކޯވިޑްް-19 އާއި ގުޅިގެން ރެންޑަމް ސާމްޕަލް ނެގުމުގައި ސިއްހީ އޮފިޝަލުން ހަރަކާތްތެރިވަނީ
މިއަދު ރާއްޖެއިން އިތުރު 14 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

މިރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ މިއަދު ޕޮޒިޓިވްވި 14 މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހުންގެ އިތުރުން އިންޑިއާގެ ދެ މީހަކާއި ސްރީލަންކާގެ މީހެއް ކަމަށެވެ.

އެއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 2217 އަށް އަރާފައިވާއިރު މިއަދު ވަނީ އިތުރު 10 މީހަކު ބަލިން ރަނގަޅުވެފަ އެވެ.

މިރޭ ބަލިން ރަނގަޅު ވި ކަމަށް އިޢުލާންކުރި 10 މީހުންނާއެކު ރާއްޖެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 1813 އަށް އަރާފަ އެވެ.

ރާއްޖެއިން ޖުމްލަ 42830 ސާމްޕަލް ނަގާފައިވާއިރު، މިއަދު ނެގި ސާމްޕަލްގެ ޢަދަދަކީ 1276 އެވެ. ޓްރީޓޮޕްގައި ޖުމުލަ 3 މީހަކު އެޑްމިޓް ކުރެވިފައިވާއިރު 2 މީހުން ތިބީ ވެންޓިލޭޓަރުގައި ކަމަށް އެޗްޕީއޭއިން މަޢުލޫމާތު ދެއްވައެވެ. އޭގެ އިތުރުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 8 މީހަކު އެބަތިއްބެވެ.

މީގެ އިތުރުން މިމަހުގެ 13 ވަނަ ދުވަހު މާލެއިން ގއ. މާމެންދުއަށް ދިޔަފަހުން ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އުމުރުން 28 އަހަރުގެ ފިރިހެން މީހާއަށް އިތުރު ފަރުވާ ބޭނުންވާތީ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ މާލެއަށް ގެނެސްފަ އެވެ. އޭނާ އަށް ފަރުވާ ދެމުންދަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައެވެ. އަދި އެމީހާއާއެކު، ހޯމް ކަރަންޓީނުގައި ތިބި އިތުރު ދެމީހުން ވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވި ނަމަވެސް އެމީހުން މާލެއަށް ގެނެސްފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން