ރާއްޖެ ހަމައަކަށް އެޅުވޭނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް އިތުރު ދައުރެއް ލިބިގެންކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

މެމްބަރު އިކްރާމް މިހެން ވިދާޅުވެފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރާ ބޭފުޅުންގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

އިކްރާމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒާތީ ހަސަދަވެރިކަން އޮތް މިންވަރުން ރާއްޖޭގެ މުސްތަޤްބަލާ ދޭތެރޭ ވިސްނާ ކޮންމެ މީހަކުވެސް ކަންބޮޑުވާނެކަމަށެވެ. އަދި ރާއްޖޭގެ ހުރި ބޮޑެތި މައްސަލަތަށް ހައްލުކޮށް ރާއްޖެ ހަމަޔަކަށް އެޅުވޭނީ ރައީސް ސާލިޚްއަށް އިތުރު ދައުރެއް ލިބިގެންކަމަށް އޭނާ ވިދާޅުވިއެވެ.



ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން ރައީސް ޞާލިޙު ފާޅުކޮށްފައިވާއިރު ރައީސް ނަޝީދުވެސް ވަނީ އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަށްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެ ދުވަހެއް މިހާތަނަށް އިއުލާންކޮށްފައި ނުވިނަމަވެސް ވަރަށް އަވަހަށް ޕްރައިމަރީއަށް އިއުލާންކުރާނެކަމަށް މައުލޫމާތު ލިބެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން