އިޓަލީގެ އިޓާ އެއާވޭޒްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އިޓާ އެއާވޭޒަކީ އިޓަލީގެ ރަސްމީ އެއާލައިން އަލިޓާލީއާ ބަނގުރޫޓުވުމުން އުފެއްދި އެއަރލައިނެކެވެ. އެއާބަސް އޭ-350 މަރުކާގެ ބޯޓެއްގައި އެ އެއަރލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ މިއަދުއެވެ.

އިޓާ އެއާވޭޒްގެ ފުރަތަމަ ބޯޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ފެނުގެ ސެލިއުޓަކާއެކު ހޫނު މަރުހަބާއެއް ކިޔައިފައެވެ.

އިޓާ އެއާވޭޒް އިން ރާއްޖެއަށް މި މަހުގެ 21އިން އަންނަ ޖެނުއަރީ މަހުގެ 22އާ ހަމައަށް ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށްވަނީ ހަމަޖެހިފައެވެ. މިއީ އަހަރުގެ ފިނި މޫސުމާ ގުޅުވައިގެން ފެށި ދަތުރުތަކެކެވެ.

އަދި އޭގެ ފަހުން ރާއްޖެއަށް ކުރާނީ ހަފުތާއަކު ދެ ދަތުރެވެ. މި ދަތުރުތައް އެ އެއަރލައިނުން އަންނަ އަހަރުގެ އޭޕްރިލް މަހުގެ 15 އާ ހަމައަށް ކުރާނެއެވެ.

ރާއްޖެއަށް މިހާރު ބައިނަލްއަޤުވާމީ 29 އެއަރލައިނަކުން އުދުހުންތައް ބާއްވައެވެ. އިޓަލީއަކީ ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ އެއް މާކެޓެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން