ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ހަރުގެ ޖަލްސާތައް ފަށާ ވާހަކަ ބުނުމުން، އެކަމާ ހީކަރުވައި، ހީބިހި ނަގާމެ ކަމެއް ނެތް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެއަށްވުރެ ޚިދުމަތްތެރި ހިޔަލެއް ޕާޓީއަށް ނެތް ކަމަށް މީގެކުރިން މޫސަވަނީ ވިދާޅުވެފައެވެ. މޫސަ ވިދާޅުވެފައިވަނީ ޕާޓީ ހަރުގެއިން ލިބޭ ކާމިޔާބީ ހަނދާން ނައްތާލުމުން ޕާޓީގެ އެއްބައިވަންތަކަން ގެއްލި ޕާޓީ ބަލިކަށިވާނެ ކަމަށެވެ. މުސްކުޅިންވެސް "ސަލާންޖަހާ ނާށިގަނޑު އެއްލާ ނުލުމަށް" ބުނާ ކަމަށް މޫސަ ވިދާޅުވިއެވެ.
މޫސަ މިއަދު ވިދާޅުވެފައިވަނީ ހަރުގެ ޖަލްސާތައް ފަށަން އުޅޭތީ ހީބިހި ނަގާނެކަމެއް ނެތްކަަމަށާއި، ހީބިހި ނެގިޔަސް، އެކަން ކުރާނެ ކަމަށެވެ.
"އެމްޑީޕީގެ އަސްލު ހިތްވަރާއެކު ސިޔާސީ ހަރަކާތަށް ނުކުމެދާނެތީ، ހީކަރުވާނެ ކަމެއް ނެތް." މޫސަ ވިދާޅުވިއެވެ.
މޫސަގެ މިވާހަކަތައް އަމާޒު ކުރަށްވާފައި މިވަނީ އެންޑީޕީގައި އުފެދިފައިވާ ދެފެކްޝަންގެ ތެރެއިން ރައީސް ނަޝީދަށް ތާއީދުކުރާ ފެކްޝަނަށަށް ކަމަށް ބެލެވެއެވެ.
މޫސަ ވަނީ އެމްޑީޕީގެ ހަރުގެ ޖަލްސާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާކަން އިއުލާންކޮށްފައެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް ޕާޓީ ތެރޭގައި އުފެދި ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. ރައީސް ސާލިޙާއި، ރައީސް ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށްޓަކައި ކެމްޕޭން ފެށުމަށް މަސައްކަތްތަކެއް މިހާރުވަނީ ފައްޓަވާފައެވެ.

ހަރުގެޖަލްސާތަށްފަށާވާހަކަ ބުނީމަ ހީބިހި ނަގާނެކަމެއްނެތް އެކަންކުރާނަން އިރާދަ ކުރެއްވިއްޔާ MDP ގެއަސްލު ހިތްވަރާއެކު ސިޔާސީ ހަރަކާތަށްނުކުމެދާނެތީ ހީކަރުވާނެކަމެއްނެތް،
— Moosa Maniku (Reeko) (@ReekoMoosa) December 19, 2022
މީ ކުރިންޕާޓީ ހިންގަން ކުރެވުނުމަސައްކަތުގެތެރޭން ފޮޓޯއެއް pic.twitter.com/4XjHsxPlj5
މޫސަ ވަނީ އެމްޑީޕީގެ ހަރުގެ ޖަލްސާތައް އަލުން ފެށުމަށް ތައްޔާރުވަމުންދާކަން އިއުލާންކޮށްފައެވެ. އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް ޕާޓީ ތެރޭގައި އުފެދި ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. ރައީސް ސާލިޙާއި، ރައީސް ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށްޓަކައި ކެމްޕޭން ފެށުމަށް މަސައްކަތްތަކެއް މިހާރުވަނީ ފައްޓަވާފައެވެ.
ކިޔުންތެރިންގެ ހިޔާލު