އެމްޑީޕީގެ ޕްރައިމަރީގައި ވަކިގޮތަކަށް ވޯޓު ދިނުމަށް މަޖުބޫރެއް ނުކުރެވޭނެ ކަމަށާއި، ތާޢީދު ކުރަށްވަނީ ރައީސް ނަޝީދަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީ 28 ޖެނުއަރީ 2023 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އެޕާޓީން ވަނީ ނިންމާފައެވެ. އިންތިޚާބުގައި ވާދަކުރެއްވުމަށް ކެންޑިޑެސީ މިހާތަނަށް އިޢުލާނު ކުރަށްވާފައިވަނީ ރައީސް ޞާލިޙާއި ރައީސް ނަޝީދެވެ.

ޕްރައިމަރީއާ ގުޅޭގޮތުން ފިރުޝާން ވިދާޅުވީ، ރައީސް ނަޝީދާއެކު އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރުމަށް ނިކުމެ ހުންނެވީ ކެރިގެން އެކަކު އަނެކަމުގެ ކިބައިން ހިތްވަރު ހޯދައިގެން ކަމަށެވެ.

"މަޖުބޫރެއް ނުކުރެވޭނެ. ބިރެއް ނުދެއްކޭން. ސާބިތުކަމާއެކު ރައީސް ނަޝީދާއެކު." ފިރުޝާން ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާއިރު ރައީސް އިބްރާޙިމް މުހައްމަދު ސާލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނެއް ޕާޓީ ތެރޭގައި އުފެދި ދެބޭފުޅުންގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލު ތަފާތުވުންތައް އުފެދިފައެވެ.

އެމްޑީޕީން ނެރުނު އިއުލާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން އެބޭފެޅުން ޕްރައިމަރީގައި ވާދަކުރުމަށް ތާއީދުކުރާ ޕާޓީގެ 500 މެންބަރުންގެ ތާއީދާއިއެކު 24 ޑިސެމްބަރ 2022 ވާ ހޮނިހިރު ދުވަހުގެ ހަވީރު 4:00 ގެ ކުރިން ޕްރައިމަރީއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅުއްވަންޖެހޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު