އެމްޑީޕީގެ ލީޑަރޝިޕް
އެމްޑީޕީގެ ލީޑަރޝިޕް
17 އަހަރުން އެމްޑީޕީއަށް ލިބުނު 400 މިލިޔަން ރުފިޔާ ބަޔަކުމީހުން ކާލާފައިވާކަމުގެ ތުހުމަތު އެޕާޓީގެ ކުރީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކު ކުރަށްވައިފިއެވެ.

އެމްޑީޕީގެ އިސް މަޤާމުތަކެއް މީގެކުރިން އަދާކުރެއްވި މޫސަ ޕާޓީގެ އިސްފަރާތްތަކަށް މިފަދަ ތުހުމަތުތަކެއް ކުރަށްވާފައިމިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށް އިޢުލާނު ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބުކޮށް ދިނުމަށް ބުރަކޮށް މަސައްކަތް ކުރެއްވި މޫސަ އެމްޑީޕީއާ އަލުން ގުޅިވަޑައިގެންފައިވަނީ ދާދިފަހުންނެވެ. އެގޮތުން މީސް މީޑިއާގައި މޫސައަށް ކުރިމަތިވަމުންދާ ފާޑުކިއުންތަކާ ގުޅިގެން އެކަމަށް ރައްދު ދެއްވަމުން މޫސަ ވިދާޅުވީ 17 އަހަރުން އެމްޑީޕީއަށް ލިބިނު 400 ވަރަކަށް މިލިޔަން ރުފިޔާއަށް ވީގޮތް ހާމަކުރަށްވާނެ ކަމަށެވެ.

"400 ވަރަކަށް މިލިޔަން ރުފިޔާ ކެވިފަ އޮތީމަ އެޙަޤީގަތް ހާމަކޮށްފާނެތީ ބިރުނުގަނޭ. އެކަން ހިނގާނެ." މޫސަ ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ އިސްބޭފުޅުންނަށް މޫސަ މިފަދަ ތުހުމަތެއް ކުރަށްވާފައިވާއިރު، އެމްޑީޕީއަކީ ވަކިމީހެއްގެ މިލްކެއްގެ ގޮތުގައި ހިފަހައްޓައި އޮބަހައްޓަން މަސައްކަތް ކުރާކަމުގެ ތުހުމަތުވެސް މޫސަވަނީ ކުރަށްވާފައެވެ.

ކުރިއަށްއޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ޞާލިޙަށް ތާޢީދު ކުރަށްވާކަން އިޢުލާނު ކުރަށްވާފައިވާ މޫސަ ވަނީ، ދެ ކެންޑިޑޭޓުންނަށް ތާއީދު ކުރައްވާ ބޭފުޅުންވެސް ޕާޓީގެ އެއްބައިވަންތަކަމާ، އުސޫލުތައް ހިފެހެއްޓެވުމަށް އިލްތިމާސް ކުރަށްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަންނަ އަހަރުގެ ޖެނުއަރީ 28 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. ރައީސް ސާލިޙާއި، ރައީސް ނަޝީދު ވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރެއްވުމަށްޓަކައި ކެމްޕޭން ފެށުމަށް މަސައްކަތްތަކެއް މިހާރުވަނީ ފައްޓަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު