މަބްރޫކް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މަބްރޫކް އަޒީޒު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ
މާލޭގައި ދިރިއުޅޭ މީހުން އާންމުކޮށް އެހެން ރަށްރަށަށް ދަތުރުކުރުމާ ބެހޭ އުސޫލެއް އެކުލަވާލައި މިހަފުތާގެ ތެރޭގައި އެ އުސޫލު އިއުލާނު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެންއީއޯސީ) ގެ ތަރުޖަމާނު މަބުރޫކް އަޒީޒު ރޭ ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ މަބްރޫކް ވިދާޅުވީ ދަތުރުތައް ކުރުމުގެ ފުރުސަތު ހުޅުވާލާއިރު ދަތުރުތައް އިންތިޒާމް ކުރާ ފަރާތްތަކުން ކަންކަން ރާވަން ޖެހޭނެ ކަމަށެވެ. މިހާރު ދަތުރު ކުރަންޖެހޭނީ އައު ސުލޫ ތަކާއި އެއްގޮތަށް ކަމަށް މަބުރޫކް ވިދާޅުވިއެވެ.

މިހާރު މަޝްވަރާކުރަނީ މާލޭގެ ދަތުރުފަތުރު ވީހާ ވެސް ބޮޑަށް ހުޅުވާލުމަށް ކަމަށާއި، އެކަމާ ގުޅޭ ގައިޑްލައިނެއް ރާވައި މި ހަފުތާގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިހާރު ބޯޓަކަށް އަރައިގެން ދަތުރުކުރާނީ ކުރިން ދަތުރު ކުރާ ގޮތަކަށް ނޫން. އާ ގޮތަކަށް އެކަން ކުރަންޖެހޭނީ. ގައިދުރުކުރުން ބަހައްޓައިގެން ބަލި ފެތުރޭނެ މިންވަރު ވީހާވެސް ކުޑަކުރެވޭނެ ގޮތް ބަލައިގެން. ދަތުރު ކުރުމުގައި އެކި ގޮތްގޮތް އެބަ އޮވޭ. ކަނޑުމަގުން ދަތުރުކުރުމާއި މަތިން ދަތުރުކުރުމާ، މިކަންކަން ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭނެ އަދި އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭނެ،" މަބްރޫކް ވިދާޅުވިއެވެ.

އެޗްޕީއޭއިން މިހާރު ނެރެފައިވާ ގައިޑްލައިނުގައި ބުނެފައިވަނީ ރާއްޖޭގެ ރަށްރަށަށް ދާން ބޭނުންވާ ފަރާތްތައް 14 ދުވަހު ކަރަންޓީން ވާން ޖެހޭނެ ކަމަށެވެ.އެގޮތުން މިހާރު ރަށްރަށުގައިވެސް ކަރަންޓީން ވެވޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ. މާލެ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ބަލި ނެތް ރައްތަކުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރެވޭ ގޮތަށް އެޗްޕީއޭއިން ވަނީ ނިއްމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން