ޕްރޮގުރެސިވް ކޯލިޝަން އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.ވަހީދާއި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ (އަދުރޭ) ވާހަކަ ދައްކަވަނީ
ޕްރޮގުރެސިވް ކޯލިޝަން އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ.ވަހީދާއި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ (އަދުރޭ) ވާހަކަ ދައްކަވަނީ
ރައީސް ޑރ. މުހަންމަދު ވަހީދާއެކު ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ބަދަލުކުރުމަށް ކަމަށް ޕްރޮގުރެސިވް ކޯލިޝަންގައި ހިމޭނެ ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ (އަދުރޭ) ރޭ ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް ޑރ.މުހަންމަދު ވަހީދު ޕްރޮގުރެސިވް ކޯލިޝަންގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައި އެކަން އިއުލާންކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބުދުއްރަހީމް ވިދާޅުވީ، ރައީސް ވަހީދާއި އެކު ނުކުމެވަޑައިގެންނެވީ ރައީސް ސޯލިހްގެ އަނިޔާވެރި ވެރިކަން ގާނޫނީ އިމުގެ ތެރެއިން ނިމުމަކަށް ގެނައުމަށް ކަމަށެވެ. ގާނޫނީ އިމުގެ ތެރެއިން ރައްޔިތުންގެ ހައްގުގައި ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރަންޖެހޭ ކަމަށާއި އެއީ ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. މިސަރުކާރު މިސްރާބު ޖަހާފައިވަނީ ޚުދުމުޚުތާރު ވެރިކަމަކާއި ދިމާލަށް ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

"ދިވެހި ދައުލަތުގެ ބަޖެޓް އެއްކޮށް ހުސްވެއްޖެ، އިގްތިސާދީ ގޮތުން ލޯ އަޅާލީމަ ނުފެންނަ ވަރަށް ރާއްޖޭގެ އިގްތިސާދު ވެއްޓިއްޖެ، އިޖުތިމާއީ އަދާލަތެއް ނެތް، އިންސާފެއް ގާއިމެއް ނުކުރެވޭ، މިނިވަންކަމެއް ނެތް، އަޅުވެތިވެއްޖެ އެންމެން، ރައްޔިތުން ބަނޑަށް ޖެހިއްޖެ، ރައްޔިތުން ބިކަވެ މަގުމަތިވެއްޖެ، މިހާލަތަށް ދިޔައީމަ އަޅުގަނޑުމެން އެބަޖެހޭ ގައުމު ދެކެ ލޯބިވާ އެންމެން ނިކުންނަން، މި ނިކުންނަނީ ގައުމީ ނިކުތުމެއް މި ނިކުންނަނީ." އަބުދުއްރަހީމް ވިދާޅުވިއެވެ.

މީގެއިތުރުން އަބުދުއްރަހީމް ވިދާޅުވީ ޕްރޮގުރެސިވް ކޯލިޝަންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ ޖަލުގައި ހުންނެވި ރައީސް، އަބުދު ﷲ ޔާމިން މިނިވަން ކުރުން ކަމަށެވެ. ރައީސް ޔާމިން މިނިވަން ކުރަން މަސައްކަތްކުރަނީ ނުހައްގު ހުކުމެއް ކޮށް އެމަނިކުފާނަށް އަނިޔާވެރިވަމުންދާތީ ކަމަށް ވެސް އަބުދުއްރަހީމް ވިދާޅުވިއެވެ.

މަޖިލިސް ޖަލްސާތައް ބޮއިކަޓްކޮށްފައިވާ މައްސަލަ އާއި ގުޅިގެން އަބުދުއްރަހީމް ވިދާޅުވީ ޖަލްސާތައް ބޮއިކޮޓް ކުރީ އެ ކޯލިޝަންގެ މެމްބަރުން ޖަލްސާތަކުގައި ބައިވެރިވެވޭނެ ރައްކާތެރި މާހައުލެެއް ނެތުމުން ކަމަށެވެ. ގާނޫނު އަސާސީ އިސްލާހުކުރުމަށް ޓަކައި ބޭއްވި ޖަލްސާގައި ހިނގި ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަށް މެމްބަރުންގެ ފަރާތުން އަނިޔާވި މައްސަލައިގައި މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދު މިހާތަނަށް ވެސް މައާފަށް އެދިވަޑައިގެންފައިނުވާ ކަމަށާއި، ޖަލްސާ ބައިވެރިވާ ކޯލިޝަންގެ މެމްބަރުންނަށް ރައްކާތެރި މާހާއުލެއް ކަށަވަރު ކޮށްދެއްވާނެ ކަމުގެ ޔަގީން ކަމެއް ވެސް މިހާތަނަށް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

" ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޮއިކަޓްކުރީ އަޅުގަނޑުމެންގެ މެމްބަރުން މަދުވެގެނެއް ނޫން، އެތަނަށް ހުށައަޅާ ބިލްތައް ކަމު ނުގޮސްގެނެއް ވެސް ނޫން، މަޖިލީހުގެ ޖަލްސާތަކަށް ކޯލިޝަންގެ މެމްބަރުން ދާން ފެނުނީމަ ދާނަން، މިދަނީ އެކަމާ މެދު މަޝްވަރާކުރަމުން." އަބުދުއްރަހީމް ވިދާޅުވިއެވެ.

ރައީސް ޑރ. ވަހީދު ވަނީ އިދިކޮޅު ހަރަކާތުގެ އިސްސަފުގައި މަސައްކަތް ކުރުމަށް އެ ކޯލިޝަންގެ ސްޕެޝަލް އެެޑްވއިޒަރ ކަމުގެ މަގާމާ ހަވާލުވެވަޑައިގެންފައެވެ. މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ.މުހަންމަދު ވަހީދު ވިދާޅުވީ މި ސަރުކާރު ޒިންމާދާރުކުރުމަށް މަގުމައްޗަށްވެސް ނުކުންނަން ކެރިވަޑައިގަންނަވާނެ ކަމަށެވެ.

"އަޅުގަނޑަކީ ވަރަށް ބާރަށް ހިނގާ މީހެއް. އަދިވެސް އިރާދަކުރެއްވިޔާ މަގުމައްޗަށް ނުކުންނަން ޖެހިއްޖެ ނަމަ މަގުމައްޗަށްވެސް ނުކުންނާނަން." ރައީސް ނަޝީދުގެ ސަރުކާރުގެ ނާއިބް ރައީސް ޑރ. ވަހީދު ވިދާޅުވިއެވެ.

ސަަރުކާރުން ބަޖެޓު ހިތު ހުރި ގޮތަކަށް ހަދައި، އެކި ފަރާތްތަކަށް "ބައި އަޅާފައިވާ" ކަމަށާއި، ރައްޔިތުން ތިބީ ވަރަށް ބިކަ ހާލުގައި ކަމަށް އެމަނިކުފާނު ރޭގައި ވިދާޅުވިއެވެ. އަދި އިދިކޮޅު ހަރަކާތްތަކުގެ އަޑު ވަރުގަދަކޮށް، ސަރުކާރު ޒިންމާދާރުކުރުމަށް ރައްޔިތުންގެ އަޑު އުފުލަން ޖެހޭ ކަމަށް އ.ދ. ގެ މައި އޮފީހުގައާއި، އަދި އެކި ޤައުމުތަކުގައި ހުންނަ އ.ދ. ގެ ސަރަޙައްދީ އޮފީސްތަކުގައި މަސައްކަތްކުރައްވާފައިވާ ރައީސް ވަހީދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ޔާމީނު މީހާ

01-Jul-2020

ފުރަތަމަ އަދުރެ އަބަ ޖެހެ ފާޓީ ގެ ތިޔަ ހުރި މަގާާމުން އިސްތިއުފާދޭން


-1

މަކީ

26-Jun-2020

ތިކަން ކުރަން ވަހީދު ހަންދާން ނައްތާލާ ޔާމީނަކީ ބޮޑު މުޖިރިމެއް ވޯޓް ހޯދީ ބޮޑެތި ކުރިމިނަލް މައްސަލަ އޮތް މީހުނގެ މައސަލް ތަކައް މައާފު ދީގެން



ޓްރެންޑިން