ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ފަތުރުވެރުކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ހަފުލާއެއްގައި
ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ފަތުރުވެރުކަމުގެ ދާއިރާގެ އިސް ފަރާތްތަކާއެކު ހަފުލާއެއްގައި
ރާއްޖޭގައި ފަތުރުވެރިކަން ފަށާނެ ތާރީހް ރައީސް ސޯލިހް މިއަދު އިޢުލާންކުރައްވާނެކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިކަން އިޢުލާން ކުރައްވަނީ މިއަދު ހަވީރު 4:30 ގައި އެމަނިކުފާނު ބާއްވަވާ ނޫސްކޮންފަރެންސްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީގައި މިއަދު ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަޙީދު ވިދާޅުވީ ފަތުރުވެރިކަން އަލުން ފަށާނެ ތާރީހް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު އިއުލާންކުރައްވާނެކަމަށެވެ.

"މިއަދުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުހާތަބްކުރައްވާ، ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލާނެ ތާރީޚެއް އިޢުލާކުރައްވާނެކަމަށް ބެލެވެނީ" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ އަލީ ވަހީދު އިތުރަށް ވިދާޅުވީ ފަތުރުވެރިކަން އަލުން ފެށުމަށްވާންޖެހޭ ހުރިހާ ތައްޔާރީއެއް ނިމިފައިވާކަމަށެވެ.

ފަތުރުވެރިކަން އަލުން ފަށާނެ ތާރީޚް އިއުލާންކުރެއްވުމަށް ހަމަޖެހިފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ޖުލައި 1 ގައި ފަތުރުވެރިކަން އަލުން ފެށުމަށް ތައްޔާރު ވަމުންނެވެ. އެގޮތުން އެއަރޕޯޓްތަކާއި އެއަރލައިންތަކާއި ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނުން ވާންޖެހޭ ތައްޔާރީތަކުގެ މައިގަނޑު މަސައްކަތްތައް މިހާރު ނިމިފައިވާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން