އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށް ދިފާޢީ ވަޒީރު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މާރިޔާ މި މޭރުމުން ވިދާޅުވެފައިވާއިރު 2012 ވަނަ އަހަރު އައްޑޫގައި ހުރި ސަރުކާރުގެ އިދާރާތަކުގައި ހުޅުޖެހި މައްސަލައިގެ ބަދަލު ހިފަން އިންޑިއާ އެމްބަސީން ފަށަން ކިހިނެއްވާނެތޯ ސަރުކާރުތަކުގެ އިސް މަގާމުތަކެއް ފުރާފައިވާ އައްބާސް އާދިލް ރިޒާގެ ޓުވިޓާ އެކައުންޓުން ކޮށްފައިވާ ޓްވީޓެއްގެ މައްސަލަވަނީ ހޫނުވެފައެވެ.
އައްބާސްގެ ޓްވީޓަށް ރައްދު ދެއްވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ގޮވުމަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށާއި އެކަން ކުށްވެރިކުރައްވާ ކަމަށެވެ. އަދި އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއަކަށްވާއިރު ދިވެހިންގެ ތަރައްގީއަށް ހުރަސް އެޅުމަށް ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.
މާރިޔާ އިތުރަށް ވިދާޅުވީ ރައީސް ޞާލިޙްގެ ސަރުކާރުން ޓެރަރިޒަމާ ދެކޮޅަށް ގެންގުޅޭ ޒީރޯ ޓޮލަރެންސްގެ ސިޔާސަތު ތަންފީޒު ކުރާނެކަމުގެ ޔަޤީންކަން އަރުވާކަމަށެވެ.
އިންޑިއާ އެމްބަސީގައި ހުޅުޖެހުމަށް އައްބާސް ގޮވާލި މައްސަލަ ރާއްޖޭގެ ގިނަ ސިޔާސީ ޕާޓީތަކުންވަނީ ކުށްވެރިކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު