އަބްދުﷲ ޝަރީފު މަގާމަށް އައްޔަންކުރިކަމުގެ ލިޔުން ރައީސް ހަވާލުކޮށްދެއްވަނީ
އަބްދުﷲ ޝަރީފު މަގާމަށް އައްޔަންކުރިކަމުގެ ލިޔުން ރައީސް ހަވާލުކޮށްދެއްވަނީ
ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް އަބްދުﷲ ޝަރީފް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޔަން ކުރައްވައިފި އެވެ.

ޢަބްދުﷲ ޝަރީފަށް ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ މަގާމުގެ ލިޔުން ޙަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޢަބްދުﷲ ޝަރީފު، ޢައްޔަނު ކުރައްވާފައި ވަނީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ކަމަށް ޢަބްދުﷲ ޝަރީފު ޢައްޔަން ކުރެއްވި ކަމުގެ ލިޔުން ޙަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، ޢަބްދުﷲ ޝަރީފު ‏ކުރެއްވިއެވެ. މިއީ، ފަހުގެ ތާރީޚެއްގައި ކަސްޓަމްސްގެ އިދާރާގެ ތެރެއިން އެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްކަމުގެ މަޤާމާއި ޢަބްދުﷲ ޝަރީފު ހަވާލުވުމުގެ ކުރިން ޢަބްދުﷲ ޝަރީފު ހުންނެވީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޑެޕިއުޓީ ކޮމިޝަނަރ ކަމުގެ މަޤާމުގައެވެ. ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަޤާމަށް ޝަރީފް އައްޔަން ކުރައްވާފަިއވަނީ އެމަޤާމު ފުރުއްވަމުން ގެންދެވި އަޙުމަދު ނުޢުމާން އޭޕްރީލް މަހުގެ 7 ވަނަ ދުވަހު އަވަހާރަވުމާއި ގުޅިގެންނެވެ. އޭނާ އަވަހާރަވީ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދެވުމަށް އިންޑިއާއަަށް ވަޑައިގެން ހުންނަވަނިކޮށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން