ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާވެސް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރީ އެ ރަށް ކުއްޔަށް ދޫކުރުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް އެފައިސާ ލޯންޑު ކޮށްފައިވާތީއެވެ.
މި މުއާމަލާތުގައި ރައީސް ޔާމީނަށް ރިޝްވަތު ދީފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރ ޔޫސުފް ނައީމެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ ރިޝްވަތު ދިނުމުގެ ދައުވާއެވެ. އޭނާގެ މައްޗަށްވެސް ކުށް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
އިސް ޤާޟީ ޝަކީލް ވިދާޅުވީ، އަދަބާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް 14:00 ގައި އަޑުއެހުން ކުރިއަށް ގެންދަވާނެކަމަށާއި، މިއަދު ޝަރީއަތުން މައްސަލަ ނިންމަވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު