ވ. އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދެ ދައުވާގައި އެމަނިކުފާނު 19 އަހަރަށް ޖަލަށް ލުމަށް ދަޢުލަތުން ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ދިނުމުގެ ދައުވާގައި ދައުލަތުން އެދުނީ ރައީސް ޔާމީންގެ މައްޗަށް 8 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ. މަނީ ލޯންޑަރިންގެ މައްސަލާގައި ދައުލަތުން އެދިފައިވަނީ ރައީސް ޔާމީނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.

އޭގެ އިތުރުން ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ވެސް ދައުލަތުން އެދިފައިވެއެވެ.

އާރަށު މައްސަލާގައި ރައީސް ޔާމީންގެ މައްޗަށް ދައުވާކުރީ އެ ރަށް ކުއްޔަށްދޫކުރުމުގައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ގަބޫލުކޮށް އެފައިސާ ލޯންޑު ކޮށްފައިވާތީއެވެ.

މި މައްސަލައިގެ އަދަބު ކަނޑައެޅުމަށް މިއަދު 2:00 ގައި އިތުރު އަޑުއެހުމެއް ބާއްވަން ޝަރީއަތުން ވަނީ އިއުލާން ކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު