އިންސާނީ ކަރާމަތަށް އިސްކަންދީގެން ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލުމުގެ ޤާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
" މަޖިލިސް ހޭލައްވާ" ގެ ނަމުގައި އިއްޔެ ރައްޔިތުންގެ މަޖިލިސް އިދާރާ ކައިރިއަށް ބަޔަކު އެއްވެ މުޒާހަރާކުރަން އުޅުމުން ފުލުހުން ވަނީ އެމީހުން އެ ސަރަހައްދުން ދުރަށް ޖައްސާފައެވެ. އަދި ފުލުހުން އެމީހުން ދުރަށް ޖެއްސުމުގައި އަމަލުކުރި ގޮތުން ބައެއް މީހުން ވަނީ ފުލުހުންނަށް ފާޑުކިޔާފައެވެ.
އަދި މި އެއްވުން ރޫޅާލުމުން ބައެއް މަޖިލިސް މެމްބަރުންނާއި، ސިޔާސީ ބައެއް ބޭފުޅުން ވަނީ އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެމްބަރުން ކުރެއްވި ޓްވީޓްތަކުގައި ވިދާޅުވީ އިޙްތިޖާޖްކުރުމުގެ ފުރުސަތު ދެވެންޖެހޭކަމަށެވެ. އެފަދަ އެއްވުންތައް ރޫޅާލުމަކީ ބަލައިގަނެވޭނެކަމެއް ނޫންކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލުމުގެ ޤާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. އަދި ފުލުހުންނަށް ދެވޭ ތައުލީމާއި، ތަމްރީންތަކުގެ ތެރެއިން ކުރިއަށް އޮތްތަނުގައި އެކަން ކަށަވަރު ކުރައްވާނެކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މި އެއްވުން ބޭއްވުމަށް ތައްޔާރުވެ މަސައްކަތް ފެށި ހިސާބުންވެސް ފުލުހުން ވަނީ އެޗްޕީއޭގެ އެންގުމާއި ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Insaanee karaamathah iskandheegen profesional koh ghair qaanoonee evvunthah roolhaaleveyne qaabilukan fuluhunge kibaiga hunnathan dheken beynun. Fuluhunnah dhevey thauleemaai thamreen thakuge therein kuriyah oyithaa ekan kashavaru kuraanan iA.
— Imran Abdulla (@ShimranAb) June 23, 2020
މިކަމާ ގުޅިގެން ފުލުހުންނަށް ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ކަރާމާތަށް އިސްކަންދީގެން ޕްރޮފެޝަނަލްކޮށް ޣައިރު ޤާނޫނީ އެއްވުންތައް ރޫޅާލުމުގެ ޤާބިލްކަން ފުލުހުންގެ ކިބައިގައި ހުންނަތަން ދެކެވަޑައިގަންނަވަން ބޭނުންވާ ކަމަށެވެ. އަދި ފުލުހުންނަށް ދެވޭ ތައުލީމާއި، ތަމްރީންތަކުގެ ތެރެއިން ކުރިއަށް އޮތްތަނުގައި އެކަން ކަށަވަރު ކުރައްވާނެކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.
މި އެއްވުން ބޭއްވުމަށް ތައްޔާރުވެ މަސައްކަތް ފެށި ހިސާބުންވެސް ފުލުހުން ވަނީ އެޗްޕީއޭގެ އެންގުމާއި ހިލާފަށް އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އާއްމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ މި ޙާލަތުގައި ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް، އެޗްޕީއޭގެ އެންގުންތަކާއި އެއްގޮތަށް ޢަމަލުތައް ބެހެއްޓުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ހިޔާލު