ރަށްރަށަށާއި ރިސޯޓްތަކަށް އަރައި ވައްކަން ކުރަމުންދާ ބަޔަކު އަތުލައިގަތުމަށް ފުލުހުން ރ. އަތޮޅުގައި ފެށި އޮޕަރޭޝަނުގައި މިހާތަނަށް އެފަދަ ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ އިދާރާ އިން ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައިވަނިކޮށް ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅެމުންދާ ކަމަށެވެ. އެމީހުން ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.
އެހެންވެ، ރ. އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ހިންގަމުންދާ ކަމަށާއި މިއޮޕަރޭޝަންގައި މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައި ވެއެވެ. މީގެކުރިން ވެސް ރ. އަތޮޅުގައި މިފަދަ ހާއްސަ އޮޕަރޭޝަނެއް ފުލުހުން ހިންގި އެވެ. އެއީ ދީނީ ގޮތުން ހަރުކަށި ވިސްނުން ގެންގުޅޭ ބަޔަކު އަތުލައިގަތުމަށް ރ. މަޑުއްވަރީގައި ހިންގި އޮޕަރޭޝަނެކެވެ.
އޭރު ވެސް ވަނީ ބޮޑެތި ވައްކަންތަކާއި ފޭރުންތައް ހިންގާ ބަޔަކު އެ ރަށުން އަތުލައިގެންފަ އެވެ. ރ. އަތޮޅަކީ ހަރުކަށި ވިސްނުމުގެ މީހުން ގިނަ އަތޮޅެއް ކަމަށް ވަނީ ބެލެވިފައެވެ. ރިސޯޓްތަކުން މުދާ ފޭރުމަކީ އެމީހުންނަށް ދީނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ކުރަމުންދާ ކަމެއް ކަމަށްވެއެވެ.

ކިޔުންތެރިންގެ ހިޔާލު